08 މާޗް 2017
ނޭޕްލްސް، އިޓަލީ (މާޗް 8) – ނަޕޯލީގެ ދަނޑުގައި އެ ޓީމުގެ މައްޗަށް 3-1 އިން ކުރި ހޯދައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ޖާގަ ހޯދައިިފި އެވެ.
ނޭޕްލްސް، އިޓަލީ (މާޗް 8) – ނަޕޯލީގެ ދަނޑުގައި އެ ޓީމުގެ މައްޗަށް 3-1 އިން ކުރި ހޯދައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ޖާގަ ހޯދައިިފި އެވެ.
ފުރަތަމަ ލެގު ވެސް މެޑްރިޑް 3-1 އިން ކާމިޔާބުކޮށްފައިވާއިރު ދެ ލެގުން އެ ޓީމު ކުރި ހޯދީ 6-2 އިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކޮންޓްރޯލްކޮށްގެން ކުޅުނީ ނަޕޯލީންނެވެ. އެ ޓީމުގެ ޑްރިއެސް މާޓިންސް 24 ވަނަ މިނެޓުގައި ލީޑު ވެސް ނެގި އެވެ. މެޑްރިޑުގެ ޑިފެންސިވް ލައިން ދަށްކޮށް ފެނުނުއިރު އޭގެ ފައިދާ ނަގައި ނަޕޯލީން ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު ދެން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. މާޓިންސް ފޮނުވާލި ބޯޅައެއް ގޯލް ދަނޑީގައި ޖެހުނުއިރު ކެޕްޓަން މަރެކް ހަމްސިޗް ފޮނުވާލި ދެ ބޯޅައެއް ދިޔައީ ގޯލާ އަމާޒުނުވެ އެވެ.
މަންޒަރު ބަދަލުވެގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. ހާފު ފަށައިގެން 51 ވަނަ މިނެޓުގައި މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ ނަތީޖާ އަނބުރާލައިފަ އެވެ. އަދި އޭގެ ހަ މިނެޓު ފަހުން މާޓިންސް އަތުން ބައިކޮޅަށް ވަން ލަނޑާ އެކު މެޑްރިޑަށް އެގްރިގޭޓުން ބޮޑު ތަފާތަކުން ކުރި ލިބުނެވެ. މި ގޯލަކީ ކޯނަރަކުން ހުރަސްވި ބޯޅައެއް ރާމޯސް ބޮލުން ފޮނުވާލުމުން، މާޓިންސްގެ ބޮލުގައި ޖެހިފައި ވަން ގޯލެކެވެ. މެޑްރިޑުގެ ތިން ވަނަ ލަނޑު ޖެހީ 90 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ އެވެ.
މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި މިއީ ނަސީބު މޮޅެއް ނޫން ކަމަށާއިި ތަފާތަަކަށް ވެގެން ދިޔައީ މެޑްރިޑުގެ ކުޅުންތެރިންގެ ފެންވަރު ކަމަށް އޭނާ ބުންޏެވެ.
ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މެޗުގެ 55 މިނެޓު ނަޕޯލީން މެޑްރިޑުގެ މައްޗަށް ހުރިހާ ގޮތަކުން ކުރި ހޯދި ކަމަށާއި މިކަމުން ދައްކައިދެނީ މި ފެންވަރުގައި ނަޕޯލީއަކީ ވާދަވެރި ޓީމަކަށް ވުމާ ގާތުގައި އޮތްކަން ކަމަށެވެ. އަދި ބަލިވިޔަސް މި މެޗާ އެކު އުއްމީދުތަކެއް ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ.
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި
ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ކުއާޓާގެ ފަހު ދެ ޖާގަ ރެއާލް މެޑްރިޑާއި ނަޕޯލީ އަށް
މެޑްރިޑުން ފަހަތުން އަރައި ނަޕޯލީ ބަލިކޮށްފި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"
ޑޯޓްމެންޑުންތިބީ ރެއާލް ބަލިކުރެވޭނެކަމަށް ގަބޫލުކޮށްގެން
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް