Roadha Mihaaru
ގިނަ ދުވަސްތަކެއް ފަހުން އާޝާ ބޯސްލޭގެ އާ ލަވައެއް

ގިނަ ދުވަސްތަކެއް ފަހުން އާޝާ ބޯސްލޭގެ އާ ލަވައެއް

13 ޑިސެމްބަރ 2024

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، ގިނަ ދުވަސްތަކެއް ފަހުން އާ ލަވައެއް މިއަދު ނެރެން ނިންމައިފި އެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، ގިނަ ދުވަސްތަކެއް ފަހުން އާ ލަވައެއް މިއަދު ނެރެން ނިންމައިފި އެވެ.

އުމުރުން 91 އަހަރުގެ އާޝާ ކިޔާފައި އެ ވީޑިއޯ ލަވައިގެ ނަމަކީ "ސައްޔާ ބިނާ" އެވެ.

އެ ލަވައިގެ ޓީޒާއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ލަވަ ރިލީޒްކުރަނީ މިއަދުގެ ވަގުތެއްގަ އެވެ.

އެ ޓީޒާއިން ފެންނަ ގޮތުގައި، އެއީ އާޝާ އޭނާގެ ފިރިމީހާ އަދި މީގެ 20 އަހަރު ކުރިން މަރުވި މިއުޒިކް ޑައިރެކްޓަރު އާރުޑީ ބަރްމަން އާއި އޭނާއާ އެކު ލަވަ ކިޔާފައިވާ ކުރީގެ މަޝްހޫރު މިއުޒީޝަނުންގެ ހަނދާނުގައި ގެނެސްދޭ ލަވައެކެވެ. އަދި، އެ ލަވައަށް އާޝާގެ މާމަ ދަރިފުޅު ޒަނާއީ ބޯސްލޭ އިންޑިއާގެ ސަގާފީ ނެށުމެއް ނަށާތަން ވެސް ފެނެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ލަވައަކީ ޒަނާއީ މި ދާއިރާއަށް ތައާރަފުކުރުމުގެ ގޮތުން ވެސް ރިކޯޑްކުރި ލަވައެކެވެ. އަދި، އާޝާ އާއި މީގެ ދެ އަހަރު ކުރިން މަރުވި އޭނާގެ ދައްތަ، އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ލެގަސީ ދެން ދަމަހައްޓާނީ އޭނާގެ މާމަ ދަރިފުޅުކަން އަންގައިދިނުމަށް ހެދި ލަވައެއް ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުންޏެވެ.

އާޝާ ވަނީ އޭނާގެ ދިގު ކެރިއަރުގައި 12،000 އަށް ވުރެ ގިނަ ލަވަ ރިކޯޑްކޮށްފަ އެވެ.