05 ނޮވެމްބަރ 2021
ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް ނެރެން ތައްޔާރު ވެއްޖެ އެވެ.
ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް ނެރެން ތައްޔާރު ވެއްޖެ އެވެ.
މި ވާހަކަ އޭނާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ އިރު، އަމިއްލަ އަޑުން ކިޔައި ވީޑިއޯއާ އެކު ނެރެން ނިންމާފައިވާ ލަވަ އަކީ ޕަދުމިނީގެ 1982 ގެ ފިލްމު "ޕްރޭމް ރޯގް" ގެ ވަރަށް އަސަރުގަދަ ލަވައެއް ކަމަށްވާ "ޔޭ ގަލިޔާ ޔޭ ޗޯބާރާ" އެވެ.
މި ލަވައިގެ އާ ވާޝަނެއް އޭނާގެ އަޑުން ވަރަށް އަވަހަށް ނެރެން ނިންމާފައި ވަނީ ސާރޭގާމާ އާއި ދަމާކާ ރެކޯޑްސްގެ ތައްގަނޑުގަ އެވެ.
"ޔޭ ގަލިޔާ ޔޯ ޗޯބާރާ" ލަވަ ހިމެނޭ ފިލްމު "ޕްރޭމް ރޯގް" އަކީ މިދިޔަ އަހަރު މަރުވި ރިޝީ ކަޕޫރާ އެކު ޕަދުމިނީ ކުޅުނު ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ރިޝީގެ ބައްޕަ ރާޖް ކަޕޫރެވެ. ވަރަށް މަޝްހޫރުވި ލަވައެއް ކަމަށްވާ އަދި މިހާރު ވެސް އާންމުންގެ ތެރޭގައި މަގުބޫލު ލަވައެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ "މެރި ކިސްމަތު މެ ތޫ ނެހީ ޝާޔަދު" ވެސް ހިމެނޭ ފިލްމުގެ ލަވަތަކުގެ ތެރެއިން "ޔޭ ގަލިޔާ ޔޯ ޗޯބާރާ" އަކީ ލަތާ މަންގޭޝްކަރް ކިޔާފައިވާ ލަވައެކެވެ.
މި ލަވަ ޕަދުމިނީގެ އަޑުން ގެނެސްދޭ އިރު ލަތާ އާއި އޭނާގެ ކޮއްކޮ އާޝާ ބޯސްލޭ އަކީ ޕަދުމިނީގެ އާއިލާ އަށް ވެސް ނިސްބަތްވާ ފަންނާނުންނެވެ.
އެހެންވެ، ލަވަކިޔުމުގެ ހުނަރު ޕަދުމިނީ ދައްކާލުމަކީ މާ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެ އާއިލާގައި ލަވަ ކިޔާ ފަންނާނުންގެ ތެރޭގައި ބަތަލާ ޝްރަދާ ކަޕޫރް ހިމެނެ އެވެ. ޕަދުމިނީގެ ކޮއްކޮ ޝިވާންގީ ކޯލަޕޫރީގެ ދަރިފުޅު ލަވަ ކިޔާފައިވާ ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން" އާއި "ބާގީ" ހިމެނެ އެވެ.
މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ޕަދުމިނީ، 56، ގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ "ޕާނިޕަތު" އެވެ. އަދި މިދިޔަ އަހަރު "ޕްރަވާސް" ކިޔާ މަރާޓީ ފިލްމަކުން ވެސް އޭނާ ފެނިފައިވެ އެވެ.
ލޯބީގެ އެކި ރަހަތަކާ އެކު ރަންބީރްގެ އެންތޮލޮޖީއެއް
އެންމެ އަގުބޮޑު ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި
"ސްތުރީ 2" ބޮޑު ރެކޯޑެއް ހަދައިފި
"ކްރިޝް 4"ގެ ލީޑަށް ރިތިކްއާ އެކު ޝްރައްދާ
"ސްތުރީ"ގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި
މަރުވެފައިވާ ރިޝީގެ ފަހުގެ ފިލްމު މި މަހު ނެރެެނީ
ވަރުން އެންމެ ބޭނުންވި ޑައިރެކްޓަރާ އެކު ފިލްމެއް
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟