Roadha Mihaaru
"ސްތުރީ"ގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި

ކުރީގެ ކާސްޓާ އެކު "ސްތުރީ"ގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި

12 ޖުލައި 2023

ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ ފިލްމު "ސްޓްރީ"ގެ ދެވަނަ ބައިގެ މަސައްކަތް، ފުރަތަމަ ފިލްމުގައި ވެސް ފެނުނު ތަރިންނާއެކު އިއްޔެ ފަށައިފި އެވެ.

ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ ފިލްމު "ސްޓްރީ"ގެ ދެވަނަ ބައިގެ މަސައްކަތް، ފުރަތަމަ ފިލްމުގައި ވެސް ފެނުނު ތަރިންނާއެކު އިއްޔެ ފަށައިފި އެވެ.

ޝްރައްދާ ކަޕޫރު އާއި ރާޖްކުމާރް ރާއޯ ލީޑު ރޯލު ކުޅޭ "ސްތުރީ"ގެ ދެވަނަ ބައި އިއުލާނުކުރީ މިދިޔަ އެޕްރީލް މަހު އެވެ.

ރާޖްކުމާރު ރާއޯ އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ ފިލްމުގެ އަޕްޑޭޓެއް ދީފަ އެވެ. ވީޑިއޯއަކާ އެކު ކުރި އެ ޕޯސްޓުގައި އޭނާ ބުނީ ފިލްމުގެ ޝޫޓިން އިއްޔެ ފަށައިފި ކަމަށެވެ.

އެ ވީޑިއޯ އިން ދޭހަވާ ގޮތުގައި، ދެވަނަ ފިލްމު ވެސް ވަރަށް ވަރުގަދަވާނެ އެވެ. އަމާރު ކައުޝިކް ޑައިރެކްޓްކުރާ މި ފިލްމުގައި ޝްރައްދާ އާއި ރާޖްކުމާރުއާ އެކު، ފުރަތަމަ ފިލްމުގައި ވެސް ފެނުނު އަބިޝެކް ބެނާޖީ އަދި ޕަންކަޖް ތުރިޕާޓީ ވެސް އުޅޭނެ އެވެ. އަދި މި ފިލްމުގައި ވަރަށް ގިނަ އެހެން ސަޕްރައިޒްތައް ވެސް ހުންނާނެ ކަމަށްވެ އެވެ.

ހެއްވާ މަޖާ އަދި ބިރުވެރި ގިނަ މަންޒަރުތަކެއް ހިމެނޭ، 2018 ވަނަ އަހަރު ނިކުތް "ސްތުރީ" އަށް ވަނީ ފޭނުންނާއި ކްރިޓިކްސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.