29 ޖުލައި 2020
މައުންޓް ޒެން މީޑިއާގެ ނަމުގައި މިދިޔަ ހަފުތާގައި ފިލްމު ކުންފުންޏެއް އިއުލާންކުރި އެކްޓަރު އަފްތާބް ޝިވްދަސާނީ ހަދާ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.
މައުންޓް ޒެން މީޑިއާގެ ނަމުގައި މިދިޔަ ހަފުތާގައި ފިލްމު ކުންފުންޏެއް އިއުލާންކުރި އެކްޓަރު އަފްތާބް ޝިވްދަސާނީ ހަދާ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.
ޕްރޭނާ އަރޯރާގެ މަންދިރާ އެންޓަޓަޓައިންމަންޓާ ގުޅިގެން ހަދާ ފިލްމުގެ ނަމަކީ "ދޫންދު" އެވެ. އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ހޮރޯއެކެވެ. ކާސްޓުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި އިއުލާންނުކުރާ "ދޫންދު" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
‘Evil Has An Address, Your Mind.’
— Aftab Shivdasani (@AftabShivdasani) July 28, 2020
The Mind works in mysterious ways. Excited to present #Dhundh our first production in association with @mandiraa_ent . @DhundhTheFilm @nindusanj @mountzenmedia #PrernaVArora @IKussum @girishjohar @d_reshabh @Ikeyurpandya @sanjeetyermal pic.twitter.com/v98z6i3uBO
ބިރުވެރި ފިލްމެއް ހަދަން ނިންމި އިރު އަފްތާބަކީ ވެސް ބިރުވެރި ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. އެއީ ވިކްރަމް ބަޓް 2012 ގައި ގެނެސްދިން "1920: ދި އީވިލް ރިޓާންސް" އެވެ.
ދެހާސް އަށް ވަނަ އަހަރު ރިލީޒްކުރި ފިލްމު "ފެޝަން" ގައި ބަތަލާ ކަންގަނާ ރަނާވަތު ދެއްކި އެކްޓިން އަށް ޑައިރެކްޓަރު ޝޭކަރް ކަޕޫރް ތައުރީފުކޮށްފި އެވެ.
Fashion, the film. A Young girl nervous, emotionally wrecked Drugged. Her name being announced on stage. She was after all, a top model. It was one shot. Kangana transformed herself from a wreck to a Diva as she walked on the ramp. It was genius acting. Unforgettable @KanganaTeam
— Shekhar Kapur (@shekharkapur) July 26, 2020
އިންޑިއާގެ ފެޝަން އިންޑަސްޓްރީގެ އަނދިރި ފަރާތް ޑައިރެކްޓަރު މަދޫރް ބަންޑާކަރް ކިޔައިދިން ފިލްމުގައި ކަންގަނާ ކުޅެފައި ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވުމާއި ނުފޫޒު ގަދަ މީހުންގެ ސަބަބުން ކެރިއަރު ހަލާކުވާ ސުޕަމޮޑެލްއެއްގެއ ރޯލެވެ. އެ ފިލްމުގައި ކަންގަނާ ދެއްކި އެކްޓިން އަށް ތައުރީފުކުރަމުން "މިސްޓަ އިންޑިއާ" އާއި "މާސޫމް" ފަދަ ފިލްމުތައް ގެނެސްދިން ޝޭކަރް ބުނީ އެއީ މޮޅު އެކްޓިންއެއްގެ އިންތިހާ ކަމަށެވެ. އަދި ކަންގަނާގެ ރޯލަކީ ހަނދާން ނައްތައިނުލެވޭ ކަހަލަ ރޯލެއް ކަމަށް ވެސް ބުންޏެވެ.
ޕްރިޔަންކާ ޗޯޕްޅާ ލީޑް ބަތަލާގެ ރޯލް ކުޅުނު "ފެޝަން" ގައި ކަންގަނާ ކުޅުނު ރޯލުން އޭނާ އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ. އަދި ޕްރިޔަންކާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނެވެ.
މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް މިދިޔަ އަހަރު ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސޯންޗިރައްޔާ" އަލުން ރިލީޒްކުރަން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަބީޝެކް ޗޯބޭ ޑައިރެކްޓްކުރި ފިލްމު އިންޑިއާގެ ސިނަމާތައް އަލުން ހުޅުވުމުން ސިނަމާތަކުގައި ރިލީޒްކުރުމުގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމަކުން ވެސް ސްޓްރީމްކުރާނެ އެވެ. މިދިޔަ އަހަރުގެ މާޗް 1 ގައި ރިލީޒްކުރި "ސޯންޗިރައްޔާ" އަކީ ޑާކޫންގެ ވާހަކަ ކިޔައިދިން އެކްޝަން ފިލްމެކެވެ.
މީގެ ކާސްޓުންގެ ތެރޭގައި މަނޯޖް ބަޖްޕާއީ އާއި ރަންވީރު ޝޯރޭގެ އިތުރުން ބޫމީ ޕެޑްނޭކަރް ހިމެނެ އެވެ.
ސުޝާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ދިލް ބޭޗާރާ" އެވެ.
ޑައިރެކްޓަރު މޯހިތުގެ ސޫރީގެ "ދޯ ވިލަން" އަދިތިޔާ ރޯއި ކަޕޫރް ދޫކޮށްލުމުން، އޭނާގެ ރޯލް އަރުޖުން ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަރުޖުން އަކީ މޯހިތު 2017 ގައި ގެނެސްދިން "ހާފްގާލްފްރެންޑް" ގެ ބަތަލެވެ. "ދޯ ވިލަން" އަކީ މޯހިތު 2014 ގައި ގެނެސްދިން "އޭކް ވިލަން" ގެ ސީކްއެލް އެވެ. ރިޕޯޓްތައް ބުނާގޮތުން އަދިތިޔާ ފިލްމު ދޫކޮށްލީ އޭނާ އަށް ވުރެ ވަރުގަދަ ރޯލެއް ޖޯން އަބްރަހަމް އަށް ދިނުމުންނެވެ.
މި ފިލްމުގެ ބަތަލާ އަކީ މޯހިތު ފެބްރުއަރީގައި ގެނެސްދިން "މަލަންގް" ގެ ބަތަލާ ޑިޝާ ޕަޓާނީ އާއި ތާރާ ސުތާރިއާ އެވެ. "ދޯ ވިލަން" އަކީ އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރީ އައްލޫ އަރުޖުންގެ ތެލެގޫ އެކްޝަން-ޑްރާމާ "އާލާ ވައިކުންތަޕުއްރަމޫލާ" ގެ ހިންދީ ރިމެކަށް ކާތިކް އާރިޔަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ހިއްސާއެއްނުކުރެ އެވެ. ބައެއް ނޫސްތަކުން ބުނިގޮތުގައި ފިލްމުގެ ޓީމުން މިހާރު އަންނަނީ ކާތިކާ އެކު ބަތަލާގެ ރޯލް ކުޅޭނެ ތަރިއަކު ހޯދަމުންނެވެ.
"އާލާ ވައިކުންތަޕުއްރަމޫލާ" އަކީ ތުރީވިކްރަމް ސްރިނިވާސް ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ. އަދި ކާސްޓްގައި ތައްބޫ ވެސް ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އޭކް ވިލަން" ގެ ސީކްއެލް އަންނަ އަހަރު
އަދިތިޔާ "ދޯ ވިލަން" ދޫކޮށްލައިފި؟
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ތާރާ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެއްޖެ
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް