11 ޖެނުއަރީ 2022
ބޮލީވުޑްގެ ބަތަލާއިންނަށް، ވަރަށް މަދުން ނޫނީ ފިލްމެއްގެ މުޅި ވާހަކަ އަންހެނަކަށް ބިނާކޮށްފައި އޮންނަ ފިލްމެއް ކުޅޭކަށް ނުލިބެ އެވެ. އެކަމަކު އެގޮތަށް ލިބޭ ފުރުސަތުތަކުގައި ބަތަލާއިން އެ މީހުންގެ ވަރުގަދަކަން ވެސް ދައްކާލަ އެވެ. އޭގެ ހެއްކަކަށް ވިދިޔާ ބާލަން ކުޅުނު "ކަހާނީ" އާއި އޭނާގެ "ދަ ޑާޓީ ޕިކްޗާ" ގެ އިތުރުން ޕްރިޔަންޗާ ޗޯޕްރާ އާއި ކަންގަނާ ރަނާވަތުގެ "ފެޝަން" އަދި ކަންގަނާގެ "ކްއީން" އާއި މިދިޔަ އަހަރުގެ "ތަލައިވީ" ފުދޭނެ އެވެ.

ބޮލީވުޑްގައި "ވިމެން ސެންޓްރިކް" ފިލްމުތައް ހަދާ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ މިހާރު ޒުވާން ބަތަލާއިންނަށް ވެސް މިފަދަ ފިލްމުތައް ކުޅެން ފުރުސަތު ލިބޭ ކަމެވެ. އެގޮތުން ޒުވާން ބަތަލާ ތާރާ ސުތާރިއާ އަށް މިހާރު ވަނީ އަންހެން ކެރެކްޓާއަކަށް ބިނާކޮށް ހަދާ ތުރިލާ ފިލްމަކުން ފުރުސަތު ލިބިފަ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފިލްމަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ޕްރޮޑިއުސަރު މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، 2017 ގެ ކޮމެޑީ ފިލްމު "ބްރިޖް މޯހަން އަމަރު ރާހޭ" ގެ ޑައިރެކްޓަރު ނިކިލް ބަޓް ހަދަން ނިންމާފައިވާ ސަވައިވަލް ތުރިލާއެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ނަން އަދި އިއުލާން ނުކުރާ މި ފިލްމުގައި ތާރާ، 26، ކުޅޭނީ 2015 ގެ ތުރިލާ "އެންއެޗް10" ގައި އަނުޝްކާ ޝަރުމާ ކުޅުނު ފާޑުގެ ވަރަށް ވަރަށް ވަރުގަދަ ރޯލެކެވެ.
ތާރާ އަށް މި ފަދަ ރޯލެއް ކުޅެން ލިބުނު އިރު މިއީ ފިލްމެއްގެ މުޅި ވާހަކައިގެ ޒިންމާ އޭނާގެ ކޮނޑުގައި އެޅޭ ގޮތަށް ކުޅޭނެ ފުރަތަމަ ފިލްމެވެ. އުންމީދީ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރި މިދިޔަ މަހުގެ "ތަޅަޕް" އެވެ. އަދި އޭނާ އަކީ ދާއިރާ އަށް ވަރަށް އާ، ތަޖުރިބާ ވެސް މަދު ބަތަލާއަކަށް ވުމުން، މިހާ ބޮޑު ޒިންމާއެއް އޭނާ އަށް އުފުލޭނެތޯ ބައެއް މީހުން ސުވާލުކުރެ އެވެ.
ތާރާ ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ. އޭގެ ފަހުން އޭނާ ފެނުނު ފިލްމަކީ އެ އަހަރު ގެ "މަރުޖާވާ" އެވެ. އާ ފިލްމަކަށް ސޮއިކޮށް އޭގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު ތާރާގެ ކުރިއަށް ހުރި ފިލްމުތަކަކީ ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" އާއި ޖޯން އަބްރަހަމާއި އަރުޖުން ކަޕޫރާ އެކު ފެންނާނެ "އޭކް ވިލަން ރިޓާންސް" އެވެ.
ޖޯންގެ ފިލްމަށް އަބީޝެކްގެ ބަދަލުގައި އަރުޖުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އޭކް ވިލަން 2ގެ "ދިލް" ނެރެފި
"އޭކް ވިލަން 2"ގެ ޓްރެއިލާ ނެރެފި
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
ޖޯން ފިލްމު ކުޅޭ އަގު ދެ މިލިއަނަށް ބޮޑުކޮށްފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށްވާން: ޑިޝާ