Roadha Mihaaru
އޭކް ވިލަން 2ގެ "ދިލް" ނެރެފި

އޭކް ވިލަން 2ގެ "ދިލް" ނެރެފި

09 ޖުލައި 2022

ބޮލީވުޑްގެ ތަރިން ކަމަށްވާ ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރާއި ދިޝާ ޕަޓާނީ އަދި ތާރާ ސުތާރީ ލީޑު ރޯލު ކުޅޭ ފިލްމު "އޭކް ވިލަން 2" ގެ ލަވައެއް ނެރެފި އެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރާއި ދިޝާ ޕަޓާނީ އަދި ތާރާ ސުތާރީ ލީޑު ރޯލު ކުޅޭ ފިލްމު "އޭކް ވިލަން 2" ގެ ލަވައެއް ނެރެފި އެވެ.

"ދިލް" ގެ ނަންދީފައިވާ އެ ލަވައަކީ ރާގަވް ޗައިތަންޔާ ކިޔާފައިވާ ލަވައެކެވެ. އެ ލަވަައިގައި ފެންނަނީ ބްރޭކްއަޕްގެ ކުރިން އަރްޖުން އާއި ތާރާ އަދި ޖޯން އަބްރަހަމްއާ ދިޝާ އެކަކު އަނެކަކާ އެކު ހޭދަކުރާ ވަގުތުތަކުގެ މަންޒަރެވެ.

މޯހިތު ސޫރީ ޑައިރެކްޓްކުރާ އެ ފިލްމަކީ ޖުލައި 29 ގައި ރިިލީޒްކުރާ ފިލްމެކެވެ.

ފިލްމުގެ ހިތްގައިމު ލަވައެއް ދޫކޮށްލިއިރު ޓްރެއިލާ އަށް ވެސް ވަނީ ވަރަށް ޕޮޒިޓިވް ފީޑްބެކެއް ލިބިފަ އެވެ. ޓްރެއިލާ އިން ވިލަން އަކީ ސީދާ ކާކުކަމެއް ސާފެއް ނުވެ އެވެ.

ފިލްމުގެ ދެވަނަ ބައިގައި ދެ އެކްޓްރެސް އާއި ދެ އެކްޓަރުން ފެނުނަސް، 2014 ގައި ނެރުނު ފިލްމުގެ ފުރަތަމަ ބައިން ފެންނަނީ ސިދާތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރެވެ. އަދި ވިލަންގެ ރޯލު ކުޅުނީ ރިތޭޝް ދޭޝްމުކް އެވެ.