ދޮންދަރިފުޅު ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިތަށް ވަރަށް ބޮޑަށް ތަދުވާ ކަމަށް ހިންދީ ޑްރާމާ ސިލްސިލާ "އަނުޕާމާ"ގައި ލީޑު ރޯލު ކުޅޭ ތަރި ރުޕަލީ ގާންގުލީ ބުނެފި އެވެ.
ދޮންދަރިފުޅު ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިތަށް ވަރަށް ބޮޑަށް ތަދުވާ ކަމަށް ހިންދީ ޑްރާމާ ސިލްސިލާ "އަނުޕާމާ"ގައި ލީޑު ރޯލު ކުޅޭ ތަރި ރުޕަލީ ގާންގުލީ ބުނެފި އެވެ.
ރުޕަލީގެ ދޮންދަރިފުޅު އީޝާ ވަރްމާ ތުހުމަތުކުރާ ގޮތުގައި، އޭނާގެ މައިންބަފައިންގެ ކައިވެނި ރޫޅުނީ ރުޕަލީގެ ސަބަބުންނެވެ. އެ މައްސަލާގައި ރުޕަލީ ބުނެފައި ވަނީ އީޝާ އޭނާއަށް ދޮގު ތުހުމަތެއް ކުރަނީ ކަމަށާއި އެއީ އޭނާ ބަދުނާމުކުރަންވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެހެންވެ، އެކަމުގެ ބަދަލުގެ ގޮތުގައި 50 ކްރޯޑް ރުޕީސް ހޯދަން އީޝާއާ ދެކޮޅަށް ރުޕަލީ ވަނީ އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ.
ޓީވީ އެކްޓްރެސް ރުޕަލީ ގާންގުލީ އާއި އޭނާގެ ފިރިމީހާ އަޝްވިން ވަރްމާ އަދި ރުޕަލީގެ ދޮންދަރިފުޅު އީޝާ ވަރްމާ (މ).
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންސްޓެންޓް ބޮލީވުޑަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ރުޕަލީ ވަނީ އެ މައްސަލައާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފަ އެވެ.
"މި ވާހަކަތަކުން އަހަންނަށް އެއްވެސް އަސަރެއް ނުކުރެޔޭ ބުނެފި ނަމަ އެކަން ވަނީ ދޮގަކަށް. ހަމަ ޔަގީނަށް ވެސް އަހަންނަށް ވަރަށް އަސަރު ކުރޭ. އަހަރެމެންނަކީ އިންސާނުން. ވަރަށް ހިތަށް ދަތުވޭ، ކޮންމެ މީހަކު ވިޔަސް، އަހަރެން ގޯސްކޮށްފައި ކުޑަކުޑަ ވާހަކައެއް ދެއްކިޔަސް،" އޭނާ ބުންޏެވެ.
"އަހަރެން ދެކެ ލޯބިވާ މީހުން އަހަރެން ދެކެ ލޯބިވާނެ. ރަނގަޅަށް ކަންކަން ކުރާ މީހަކަށް ރަނގަޅު ގޮތް މިންވަރު ކުރައްވާނެ މިއަދު ވެސް، މުސްތަގުބަލުގައި ވެސް. މިއީ އެންމެނަށް ވެސް ކުރިމަތިވާ ކަންކަން، ދެރަ ކަންކަން ވެސް ކުރިމަތިވާނެ. އެކަމަކު، އަބަދުވެސް ކުރި ހޯދަނީ ކަމުގެ ހަގީގަތް، ކަމުގެ ތެދު."
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2020 ވަނަ އަހަރު އީޝާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް މި އަހަރު ސޯޝަލް މީޑިއާގައި ކުއްލިއަކަށް ވައިރަލްވި ހިސާބުންނެވެ. އެ ޕޯސްޓުގައި އީޝާ ތުހުމަތުކުރި ގޮތުގައި، އޭނާގެ މައިންބަފައިންގެ މެދުގައި މައްސަލަ ޖެހި، ކައިވެނި ރޫޅެން މެދުވެރިވީ ރުޕަލީ އެ ދެމަފިރިންގެ މެދަށް ވަނުމުންނެވެ. އަދި އީޝާ ތުހުމަތުކުރި ގޮތުގައި ރުޕަލީ ވަނީ އޭނާ އާއި އޭނާގެ މަންމައަށް ވެސް ބިރުދައްކައިފަ އެވެ.
ޓީވީ އެކްޓްރެސް ރުޕަލީ ގާންގުލީ އާއި އޭނާގެ ފިރިމީހާ އަޝްވިން ވަރްމާ އަދި އެ ދެމަފިރިންގެ ދަރިފުޅު.
އެ މައްސަލައިގައި ރުޕަލީގެ ފިރިމީހާ އަދި އީޝާގެ ބައްޕަ އަޝްވިން ވަރްމާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ދަރިފުޅުގެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ރުޕަލީ، އީޝާއާ ދެކޮޅަށް ދައުވާކުރީ އީޝާ ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅި ފަލީހަތްވެ، އޭނާގެ ކެރިއަރަށް ވެސް އެކަމުގެ ސަބަބުން ނުބައި އަސަރެއްކޮށް އަދި މާލީ ގޮތުން ވެސް އޭނާއަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ބުނެ އެވެ.
ރުޕަލީ އާއި އަޝްވިން ކައިވެނިކުރީ 2013 ވަނަ އަހަރު އެވެ. އެ ދެމަފިރިންގެ 11 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހުރެ އެވެ.
ގޯޕީ ބަހޫގެ ރޯލު ކުޅުނު ދެވޮލީނާ އިނީ ބަލިވެ
ސިޑް އާއި ކިއާރާއަށް އަންހެން ކުއްޖަކު ލިބިއްޖެ
އަދިތުޔަގެ އިންސްޓަގްރާމްގައި ކާކުގެ އަތެއް؟
"ކިޔުކީ 2"އާއެކު ތުލްސީ އެނބުރި ސިޓިންރޫމަށް!
ޝެފާލީގެ މަރު: 10 މީހެއްގެ ބަޔާން ނަގައިފި
"ކާންޓާ ލަގާ" އިން މަޝްހޫރުވި ޝެފާލީ މަރުވެއްޖެ
ރާމް އާއި އެކްތާ މައްސަލަ ޖެހިއްޖެ
ގޯރީގެ ރެސްޓޯރެންޓުގައި ދަރިންނަށް "ސިއްރު ދޮރެއް"
"ކިޔުކީ"ގެ އާ ސީޒަން އަންނަ މަހު ތިނެއްގައި
ފަރާއާ އެކު އޭނާގެ ކައްކާ ވެސް ރާއްޖޭގައި