12 ޑިސެމްބަރ 2024
ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަންޖެހޭ ލާޒިމްވާ ގޮތަށް ހެދި ބޭރު ފައިސާއާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަންޖެހޭ ލާޒިމްވާ ގޮތަށް ހެދި ބޭރު ފައިސާއާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލް މަޖިލީހުގެ ޖަލްސާގައި ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ 67 މެންބަރުންނެވެ.
އެ ބިލްގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ.
ބޭރު ފައިސާ އިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރު ކުރުން ކަމަށް ބިލްގައިވެ އެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެ އެވެ.
ޑޮލަރު މާރުކުރުމުގައި ބިލްގައި ހިމަނާފައިވާ ދެ ގޮތުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރުމުގައި އަމަލުކުރާނެ ގޮތްތައް އެމްއެމްއޭ އިން ކަނޑައަޅާނެ އެވެ.
ބޭރު ފައިސާއާ ބެހޭ ބިލް ފާސްކުރި އިރު މިދިޔަ އޮކްޓޫބަރު މަހު ބޭރު ފައިސާއާ ބެހޭ ގަވައިދެއް އެމްއެމްއޭ އިން ގެޒެޓު ކުރި އެވެ. މަޖިލީހުން މިއަދު ފާސްކުރި ބިލްގައިވާ ގޮތުން ކުރިން އެމްއެމްއޭ އިން އާންމުކުރި ގަވާއިދާ އެއްގޮތަށް މި މަހުގެ ނިޔަލަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ އެވެ.
އެހެންވެ، އޮކްޓޫބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ރިސޯޓުތަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭ އިރު ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭނެ އެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ. ބިލަށް އަމަލުކުރަން ފަށާނީ، ރައީސް ތަސްދީގު ކުރާ ހިސާބުންނެވެ.
މަޓީން އެދިގެން މާލިއްޔަތު ކޮމިޓީ ސިއްރު
ޑޮލަރު ހިފަހައްޓަން ގޮވާލައި މަޖިލީހަށް ގަރާރެއް
މަނީ ޗޭންޖަރުންގެ 163 ލައިސަންސް ބާތިލްކޮށްފި
ޑޮލަރު ފޮނުވުމުގައި ހައްލަކަށް އިންޑިއާއިން އެދިއްޖެ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލް ފާސްކޮށްފި
ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ހެދުން މުހިންމު
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
ޑޮލަރު މާރުކުރާ ގަވައިދާ ގުޅޭ ބިލް އާންމުންގެ ހިޔާލަށް
ޑޮލަރު މައްސަލައިގެ މެދުމިނު ހައްލަކަށް ޓޮމް ގޮވާލައިފި