12 ޑިސެމްބަރ 2024
ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން ގިނަ އަދަދަކަށް ހިމަނައިގެން ޓީމު އެކުލަވާލި ހއ. ދިއްދޫން ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކ. މާފުށި 2-0 ބަލިކޮށްފި އެވެ.
ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން ގިނަ އަދަދަކަށް ހިމަނައިގެން ޓީމު އެކުލަވާލި ހއ. ދިއްދޫން ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކ. މާފުށި 2-0 ބަލިކޮށްފި އެވެ.
ދިއްދޫ ޓީމުގެ ތިން ކުޅުންތެރިން ފިޔަވައި ދެން ތިބި ކުޅުންތެރިންނަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން ކަމަށް އެ ޓީމުން ބުނެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ، އޭދަފުއްޓާ ދެކޮޅަށް ނުކުތް މެޗު 2-0 އިން ކާމިޔާބުކޮށް މާފުށި ރޭގެ މެޗަށް ނުކުތީ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރުމުގެ އުއްމީދެއްގަ އެވެ. ރޭގެ މެޗު އެއްވަރުކޮށްލި ނަމަވެސް، މާފުއްޓަށް އެ ޖާގަ ލިބުނީހެވެ.
އެކަމަކު ދިއްދޫގެ ޓީމުން އެ ފުރުސަތެއް ނުދިނެވެ. އޭދަފުށި ކައިރީގައި ދެއްކި ކުޅުން މާފުއްޓަށް ރޭ ގެ މެޗުގައި ނުދެއްކުނެވެ.
މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އަހްޒަމް ރަޝީދު، ދިއްދުއަށް ލީޑު ނަގައިދިނެވެ. ފުރަތަމަ ހާފުގައި ދިއްދޫން އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ޖެހި އެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ އާދަމް އާޒިމެވެ.
މި ނަތީޖާއާ އެކު ގުރޫޕް އެފް ގެ ފޭވަރިޓުގެ ގޮތުގައި ބެލެވުނު ބ. އޭދަފުއްޓަށް ވަނީ ޕްރެޝަރު ބޮޑު ވެފަ އެވެ. ދިއްދު އާއި މާފުށި އަތުގައި ވެސް ތިން ޕޮއިންޓް އެބައޮތެވެ. އެކަމަކު އޭދަފުއްޓަށް އެއްވެސް ޕޮއިންޓެއް ނެތެވެ.
ކުއާޓާ އަށް އޭދަފުއްޓަށް ދެވޭނީ ތިން ލަނޑުގެ ތަފާތަކުން ދިއްދޫ ބަލިކޮށްގެންނެވެ. ގުރޫޕްގެ އެއް ވަނައިގައި މި ވަގުތު އޮތީ ދިއްދޫ އެވެ. ތިން ޕޮއިންޓާ އެކު އެ ޓީމަށް ފައިދާ ދެ ލަނޑު އެބައޮތެވެ. މާފުއްޓަށް ފައިދާ ލަނޑެއް އަދި ގެއްލުން ލަނޑެއް ވެސް ނެތެވެ. އޭދަފުއްޓަށް އޮތީ ގެއްލުން ދެ ގޯލެވެ.
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
މާފުއްޓާ ޖެހުމުން އޭދަފުށި ދިޔައީ ސުމަކުން
ކުޑަހުވަދޫ ބަލިކޮށް މީދޫން، ދިއްދުއާ އެކު ދެވަނަބުރަށް
އެމްއައިބީގެ ސާވިސް ސެންޓަރެއް ދިއްދޫގައި ހުޅުވައިފި
ހުރިހާ މޮޅެއް އަލިފުއްޓަށް ނުލިބުނު، މާފުށި ކުރިއަށް
ކެންދޫ މޮޅުވާން މާފުށި ފުރުސަތެއް ނުދިން!
ކޯފީގެ ހެޓްރިކުން ފުވައްމުލަކުން ޑޮމިނޭޓް ކުރަނީ
ފުރުސަތު ބަންދުވުމުންވެސް މާޔޫސްނުވެ ދިއްދޫ ކުރިއަށް
ތަޖުރިބާކާރު މާފުށި އަތުން ނައިފަރު މޮޅުވެއްޖެ
ގްރާންޑޭގެ އެހީގައި މާފުއްޓަށް ޓޮޕް ޑިވިޝަނުގެ ތަޖުރިބާ