Roadha Mihaaru
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ

އީގަލްސް އަށް 100،000ރ. ދިނުމަށް ފަހު އައްޑޫން އިއްބެގެ ރިލީޒް ހޯދައިފި

10 ޑިސެމްބަރ 2024

އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ރިލީޒް ފީގެ ގޮތުގައި އޭނާ ކުޅޭ ކްލަބް އީގަލްސް އަށް 100،000ރ. ދިނުމަށް ފަހު އައްޑޫން އޭނާ އަށް ގޯލްޑް ކަޕުގައި ކުޅެވޭނެ ގޮތް ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ރިލީޒް ފީގެ ގޮތުގައި އޭނާ ކުޅޭ ކްލަބް އީގަލްސް އަށް 100،000ރ. ދިނުމަށް ފަހު އައްޑޫން އޭނާ އަށް ގޯލްޑް ކަޕުގައި ކުޅެވޭނެ ގޮތް ހަދައިފި އެވެ.

ގޯލްޑް ކަޕަކީ އެއްވެސް ފައިދާއެއް ވާނެ މުބާރާތެއް ނޫން ކަމަށް ބުނެ، އެ މުބާރާތުގައި ކުޅެން އީގަލްސްއިން އޮތީ އެ ޓީމުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނަށް މަނާކޮށްފަ އެވެ. އެކަމަކު އެ ކްލަބްގެ ކުޅުންތެރިންނަށް އެ މުބާރާތުގައި ކުޅެވޭނީ، އެ ކްލަބަށް ރިލީޒް ފީއެއްގެ ގޮތުގައި 200،000ރ. ދިނުމަށް ފަހުގައި ކަމަށް އެ ކްލަބުން ފަހުން ނިންމި އެވެ. އެކަމަކު އޭގެ ފަހުން އެ އަގު ކުޑަ ކުރި އެވެ

އީގަލްސްގެ އޮފިޝަލަކު ބުނީ، އިއްބެގެ ރިލީޒް ފީ އައްޑޫން އިން ދައްކާފައިވާ ކަމަށެވެ. އެއީ ކިހާވަރެއްގެ އަދަދެއް ކަމެއް އޮފިޝަލް ނުބުނެ އެވެ. އެކަމަކު އައްޑޫ ޓީމުގެ އޮފިޝަލަކު "މިހާރު" އަށް ބުނީ އެ އަތޮޅަށް އުފަން އިއްބެގެ ރިލީޒް ފީ އަށް ދެއްކީ 100،000ރ. ކަމަށެވެ.

"މިކަން އައްޑޫ ޓީމަށް ހަމަޖައްސައި ދިނުމުގައި [ހިތަދޫ ދެކުނު ދާއިރާގެ މެންބަރު] އެމްޕީ [އިބްރާހިމް] ނާޒިލް ކޮށްދިން މަސައްކަތް ފާހަގަކުރަން އަޅުގަނޑު ބޭނުން،" އައްޑޫ ޓީމުގެ އޮފިޝަލް ބުންޏެވެ.

ގޯލްޑް ކަޕްގައި އައްޑޫ ޓީމުގެ މެނޭޖަރުގެ ގޮތުގައި ވެސް ޖަހާފައި ވަނީ ނާޒިލްގެ ނަމަވެ.

މުބާރާތުގެ ދެވަނަ ބުރުގައި އައްޑޫ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ދ. މީދުއާ ދެކޮޅަށެވެ.

ގޯލްޑް ކަޕަށް އައްޑޫން ރަޖިސްޓަރީ ކުރި ސްކޮޑްގައި އިއްބެގެ އިތުން އީގަލްސްގެ އަހްމަދު ރިޒްވާންގެ ނަން ވެސް ހިމެނެ އެވެ.

އީގަލްސް އިން ވަނީ ބ. އޭދަފުށީ ޓީމުގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) ވެސް ރިލީޒް ކޮށްފަ އެވެ. އޭނާ ވެސް ރިލީޒް ކުރީ އަސްލު އަގަށް ވުރެ ކުޑަ އަގަކަށެވެ.