ކުނި މެނޭޖްކުރުމުގެ ހިދުމަތް ދޭ ވެމްކޯގެ ހިދުމަތްތައް މުޅި ރާއްޖެއަށް ދޭން ކުރާ މަސައްކަތުގައި ކ. ހިންމަފުށީގައި އެ ކުންފުނީގެ ހިދުމަތްތައް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
09 ޑިސެމްބަރ 2024
ކުނި މެނޭޖްކުރުމުގެ ހިދުމަތް ދޭ ވެމްކޯގެ ހިދުމަތްތައް މުޅި ރާއްޖެއަށް ދޭން ކުރާ މަސައްކަތުގައި ކ. ހިންމަފުށީގައި އެ ކުންފުނީގެ ހިދުމަތްތައް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ ކ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ހިންމަފުށީގައި ފެށީ ހިދުމަތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ މިހާރު ކުރިއަށް ދަނީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކަމަށާއި ކުނި ނެގުމުގެ އަމަލީ މަސައްކަތް ފަށަން އަދި 10 ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންމަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ވެމްކޯގެ ހިދުމަތް މާލޭގެ އިތުރުން އަތޮޅު ތަކުގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ ދެމުންނެވެ. މި އަހަރު ވަނީ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ވެސް ހިދުމަތް ފަށައިފަ އެވެ.
ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމެއް "މަގޭ ސާފު ރާއްޖެ" ނަމުގައި ހަފްތާ-14 ގެ މަގުޗާޓުގައި ހިމެނެ އެވެ. "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ގައުމީ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި، އިއުލާނުކޮށް ތަންފީޒުކުރަން ފެށުން" އޭގައި ހިމެނެ އެވެ.
ހިންމަފުށި ވެމްކޯ.-- ފޯޓޯ: މިހާރު
އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެއްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީ ކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.
އޭގެ އިތުރުން އެ ޕްރޮގްރާމްގައި ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުން ވެސް ހިމެނެ އެވެ.
ކުނި މެނޭޖު ކުރާނެ ފައިސާ ހޯދަން އިންވެސްޓަރުން ހޯދަނީ
ވެމްކޯގެ ކުނި ޕިކަޕުގެ ފީ 500ރ. އަށް ކުޑަކުރަނީ
މޭވާ އާއި ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަނީ
ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް ކުޑަކުރަނީ
އިޒްރޭލުން ގަތަރަށް ދިން ހަމަލާ ކުށްވެރިކުރަން:ރައީސް
ރާއްޖެއަށް ބޭސް އެތެރެކުރަން ކުންފުންޏެއް އުފައްދައިފި
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ޑްރަގެއް ނުފެނުނު
ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާކުރަނީ
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
ދޮންފަނުގެ ބިން ނުހިއްކަން ރައީސް ނިންމަވައިފި