އެމްއެމްއޭގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން ތިއްބަވާ ދެ ބޭފުޅުން އެ ބޯޑުން މިއަދު ވަކިކޮށްފި އެވެ.
07 ޑިސެމްބަރ 2024
އެމްއެމްއޭގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން ތިއްބަވާ ދެ ބޭފުޅުން އެ ބޯޑުން މިއަދު ވަކިކޮށްފި އެވެ.
މަރުކަޒީ ބޭންކުގެ ބޯޑުން ވަކިކުރީ މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ޝަހުދީ އަންވަރާއި ނޮވެލްޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަސްއަދު އަލީ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން އެމްއެމްއޭގެ ބޯޑަށް އައްޔަން ކުރެއްވި އެ ދެ ބޭފުޅުން ވަކިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމްއެމްއޭގެ ބޯޑުގައި ހަތް ބޭފުޅުން ތިބެން ޖެހޭއިރު ޕްރައިވެޓް ސެކްޓަރު ތަމްސީލް ކުރާނެ ބޭފުޅުން އަދި އައްޔަން ނުކުރައްވަ އެވެ.
ޝަހުދީ އާއި އަސްއަދު ވަކިކުރުމުން މިހާރު ބޯޑުގައި ތިއްބެވީ ގަވަރުނަރު އަހުމަދު މުނައްވަރާއި ޑެފިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެމްއެމްއޭގެ އެޑްވައިޒަރު އިދުހާމް ހުސައިނާއި ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރައްވާ އަހުމަދު ޒަޔާން މުހައްމަދާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އަބްދުލް ހަލީމް އަބްދުއްލަތީފެވެ.
އެމްއެމްއޭގެ ބޯޑަށް އަސްއަދު އައްޔަންކުރީ 2022 ވަނަ އަހަރު އެވެ. އަދި ޝަހުދީ އައްޔަންކުރީ 2023 ގަ އެވެ.
އެމްއެމްއޭގެ ބޯޑުގައި މެމްބަރުން ތިއްބަވާނީ ފަސް އަހަރުގެ ދައުރަކަށެވެ.
ދައުލަތް އަދި ކުންފުނި، ދެ ލަފުޒު އެކުވުމުގެ ނަތީޖާ
އޮޅުވާލައިގެން ދިވެހި ކުންފުނިތަކަށް ބޮޑު ގެއްލުމެއް
މަހުގެ އެކްސްޕޯޓަށް ބޮޑު އިތުރުވުމެއް
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
ޓީޓީ ހަދަން ބީއެމްއެލްއިން 73 މިލިއަން ޑޮލަރު ދޫކުރި
ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވަނީ
ފަވަރަ މެދުވެރިކޮށް 23 ބިލިއަން ރުފިޔާގެ މުއާމަލާތް
ބިދޭސީން މިދިޔަ އަހަރު 143 މިލިއަން ޑޮލަރު ބޭރުކުރި
ދައުލަތުގެ ރިޒާވް ހަތް ޕަސެންޓަށް ދަށަށް
އެފްއައިޔޫގެ އާ ވެރިޔާ ސާޖިދުއާ އޭސީސީން ބައްދަލުކޮށްފި