ދުނިޔެ މިހާރު ކުރިމަތިލާފައިވާ ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނީ ހުނަރުތައް ދަސްކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ޒުވާނުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
04 ޑިސެމްބަރ 2024
ދުނިޔެ މިހާރު ކުރިމަތިލާފައިވާ ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނީ ހުނަރުތައް ދަސްކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ޒުވާނުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް މަސައްކަތަށް ވާން ވާނީ ރާއްޖެއަކީ އަމާން އަދި ސުލްހަވެރި ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރުން ކަމަށެވެ.
ރާއްޖޭގެ ފަސްގަނޑުން އެއްވެސް ބައެއް އެހެން ބަޔަކަށް ލިބުމަށް އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަން ފާހަގަ ކުރައްވައި، ނައިބް ރައީސް ވަނީ ފަންނީ ހުނަރުތައް ދަސްކުރުމަށް ޒުވާނުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ ބަތޮލުންނަށް އަދާކުރަން ޖެހޭ ހައްގު ޝުކުރު މިއަދު އަދާ ކޮށްގެންކަން ފާހަގަ ކުރައްވައި، ނައިބު ރައީސް ވިދާޅުވީ ޝުކުރު އަދާކުރި ކަމަށް ވާނީ ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ޒުވާނުންނަށް ވާން ސަރުކާރުން ކުރާ މަސައްކަތުގައި އަމަލާއި ބަހުން ބައިވެރި ވެގެން ކަމަށެވެ.
"ދުނިޔެ އަދު ކުރިމަތިލާފައިވާ ހައިތުލް ހަނގުރާމައާ ކުރިމަތިލުމަށް ފަންނިޔާތުގެ ހުނަރުތައް އަދުގެ ޒުވާނުން ދަސްކުރަން އަޅުގަނޑު ގޮވާލަން. 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުނުގެ އުކުޅުތަކާއި ގޮތްތައް ދަސްކުރަން އަދުގެ ކޮންމެ ބޭފުޅަކަށް އަޅުގަނޑު އިލްތިމާސް ކުރަން،" ނައިބް ރައީސް ވިދާޅުވި އެވެ.
މި ޒަމާނަށް ހޭލަން ވާނީ ވަރުގަދަ އަޒުމަކާއި ހިތްވަރަކާއެކު ކަމަށާއި އެކަމަށް ބޭނުންވާ ހުނަރާއި ފަންނުތައް ދަސްކޮށް އެކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.
ހުރަވީ ދުވަސް ފާހަގަ ކުރަމުން ދަނީ ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަ ދުވަހު ހޮޅީންގެ ލަޝްކަރެއް ރާއްޖެ އަރައި ތަހުތުގައި އިންނެވި ރަދުން ހައްޔަރުކޮށް، އެ މީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔަ ފަހުން އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހުގެ ގޮތުގަ އެވެ.
ދެމެހެއްޓެނެވި ތަރައްގީގެ ހުރަހަކީ ދަރަނި:ނައިބު ރައީސް
ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިނަށް
ނައިބު ރައީސް ދަތުރުކުރި ފްލައިޓަކަށް ބޮމުގެ އިންޒާރެއް
މޫސޫމީބަދަލުތަކަށް ފިޔަވަޅުއެޅުން ފުޅާކުރަން ގޮވާލައިފި
ބްލޫ ޕްލެނެޓް އެލަޔަންސްގެ މެންބަރަކަށް ރާއްޖެ
ނައިބު ރައީސް ހަވާއީއަށް ފުރާވަޑައިގެންފި
"އޭސީސީއަކީ ސިޔާސީ ނުފޫޒު ނެތް ތަނަކަށް ވާންޖެހޭ"
ނައިބް ރައީސް މި އަހަރު ވެސް ވެޓްރަންސްގައި ކުޅުއްވާ
"ޗައިނާއަކީ ރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް"
"މިނިވަންކަމަށް، ގައުމިއްޔަތު ނެގެހެއްޓުން މުހިންމު"