Roadha Mihaaru

ރާއްޖޭގެ މިނިވަންކަމަށް އެންމެ މުހިންމީ ގައުމިއްޔަތު ނެގެހެއްޓުން: ނައިބު ރައީސް

އެތައް ހާސް އަހަރެއްވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު ކަމަކީ ދިވެހި ގައުމިއްޔަތު ނެގެއްޓުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

"މިނިވަންކަމަށް، ގައުމިއްޔަތު ނެގެހެއްޓުން މުހިންމު"

އެތައް ހާސް އަހަރެއްވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު ކަމަކީ ދިވެހި ގައުމިއްޔަތު ނެގެއްޓުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

"ކަޅުއޮށްފުންމި - ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ނަމުގައި މިއަދު ހުޅުވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ކޮންފަރެންސަކީ ދިވެހިންގެ ގައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

މިއީ މިފަދަ މަގުސަދެއްގައި މި ފަހުގެ ތާރީހެއްގައި ބޭއްވޭ ފުރަތަމަ ދަރުބާރުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އީޖާދީ ވިސްނުންތަކެއް ގެނައުމަށް މިފަދަ ދަރުބާރުތައް ވަރަށް މުހިންމު ކަމަށެވެ.

"ކަޅުއޮށްފުންމި - ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ކަޅުއޮށްފުންމި - ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދިވެހި ގައުމިއްޔަތު ނެގެހެއްޓުން. އަދި ދިވެހިންގެ ގައުމިއްޔަތާއި މެދު ފަޚުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވެސް ވެގެން ދިއުން،" ނައިބު ރައީސް ވިދާޅުވި އެވެ.

"ކަޅުއޮށްފުންމި - ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތު. -- ފޮޓޯ | ރައީސް އޮފީސް

"ކަޅުއޮށްފުންމި - ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތު. -- ފޮޓޯ | ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ މިއަދު ފެށޭ ދަރުބާރުގައި ދިވެހިންގެ އަމިއްލަވަންތަކަމާ ގުޅޭ އިލްމީ ގިނަ މަޝްވަރާތަކެއް ކުރެވި އާ އީޖާދީ ވިސްނުންތަކެއް ލިބިގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ކަޅުއޮށްފުންމި ދަރުބާރަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ދެމިތިބުމާ މެދު ވިސްނައި، ފިކުރުކޮށް، ދިވެހިވަންތަކަމުގެ ބަހާތަކުގެ ފަންނީ، އިލްމީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އާލާކުރުމުގެ ހަފުލާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދިވެހިވަންތަކަމުގެ ސިފަތައް އިލްމީ ނަޒަރުން މާނަކުރުމަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް އާންމުކުރުން ވެސް މި ކޮންފަރެންސްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެ އެވެ.