އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކަކީ މިނިވަން އަދި ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ ތަންތަނަށް ވާންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
06 މެއި 2025
އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކަކީ މިނިވަން އަދި ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ ތަންތަނަށް ވާންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޒާހަތްތެރިކަމާ ގުޅޭގޮތުން ރާއްޖޭގެ އޭސީސީ އަދި ސައުދީގެ އޯވަސައިޓު އެންޑް އޭސީސީ ގުޅިގެން މާދަމާގެ ނިޔަލަށް ހިންގާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އޭސީސީ ވާން ޖެހޭނީ މިނިވަން ތަނަކަށް އެކަނި ނޫން ކަމަށާއި އެއީ ސިޔާސީ ނުފޫޒުން ވެސް އެއްކިބާވާންޖެހޭ އިދާރާއެއް ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހަމައެކަނި ގާނޫނީ ވާޖިބެއް ނޫންކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެފަދަ ނާޖައިޒު ފައިދާ ނެގުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެންމެންގެ އާއްމު ޒިންމާއެއް ކަމަށެވެ.
މި އަހަރުގެ ފޯރަމްގެ މައުލޫއަކީ "ސްޓްރެންތެނިން އިންޓެގްރިޓީ އެންޑް ކޮމްބެޓިން ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓާ" އެވެ.
ނައިބު ރައީސް ވިދާޅުވީ ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ ވިންދު ކަމަށެވެ. އެ ދާއިރާ ހިންގުމަށް ދެފުށްފެންނަ ސިޔާސަތަކާއި ހަރުދަނާ ގޮތްތަކެއް ހުންނަންޖެހޭ ކަމަށާއި އެއީ ގައުމުގެ ރީތި ނަން ދެމެހެއްޓުމާއި ދިގު މުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިއްމު ކަންތައް ކަމަށް ވިދާޅުވި އެވެ.
އޭސީސީން ބާއްވާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، މި އަހަރަށް ހާއްސަކޮށްފައިވަނީ ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫއެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްގީ ކުރުމުގައި ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އިދާރާތަކުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އޭގެ ތެރެއިން ހަރުދަނާ ސިޔާސަތުތައް މޮނިޓާކޮށް ތަންފީޒުކުރުމާއި ގަވާއިދުން އިވޭލުއޭޓްކުރުމުން އަންނަ ބަދަލުތަކުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ނައިބު ރައީސް ވަނީ ކޮރަޕްޝަން ފަޅާއަރުވާލައި، ވިސްލްބްލޯ ކުރާ މީހުން ބާރުވެރިކޮށް އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތްދިނުމަށް ގޮވާލައްވައިފަ އެވެ.
މި ފޯރަމްގައި 40 އަށްވުރެ ގިނަ މެމްބަރު ގައުމުން، 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ގައުމުގެ ކުރިއެރުމަށް ނަޒާހަތްތެރިކަން މުހިންމު: ނައިބު
ޕޮލްކޯގެ ހިޔާނާތުން ހޯދި މުދާތައް އަތުލަން ހުށަހަޅަނީ
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލި މައްސަލަ ޕީޖީއަށް
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
ޝަރުތުހަމަނުވާ މީހަކަށް ވަޒީފާ ދިން މައްސަލަ ޕީޖީ އަށް
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
ފެނަަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަނީ
ފެނަކަ ކޮރަޕްޝަން:ސައީދަށް ދައުވާކޮށްދޭން އެދި ޕީޖީއަށް
ގޭހަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ