Roadha Mihaaru
ހުރަޔަށް ފުރުސަތެއް ނުދީ ކުރެންދޫ ދެވަނަ ބުރަށް

ހުރަޔަށް އެހީވާނެ ފުރުސަތެއް ގުރައިދުއަށް ނުދީ ކުރެންދޫ ދެވަނަ ބުރަށް

03 ޑިސެމްބަރ 2024

ކ. ހުރަޔަށް އެހީވާނެ ފުރުސަތެއް، އެ އަތޮޅު ގުރައިދުއަށް ނުދީ ޅ. ކުރެންދޫން ގޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކ. ހުރަޔަށް އެހީވާނެ ފުރުސަތެއް، އެ އަތޮޅު ގުރައިދުއަށް ނުދީ ޅ. ކުރެންދޫން ގޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މިއަދު ގުރައިދުއާ ދެކޮޅަށް ކުޅުނު މެޗުން ކުރެންދޫ މޮޅުވީ 1-0 ންނެވެ.

އައްޑޫން ހުރަޔާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމާ އެކު، މިއަދު މެޗަށް ނުކުތް އިރު ވެސް ގުރައިދު އަށް އޮތީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވެފަ އެވެ. މެޗު އެއްވަރުކޮށްލައިގެން ވިޔަސް، ގުރައިދު އަށް ހުރާ ދެވަނަ ބުރަށް ގެންދެވެން އޮތެވެ. މެޗުގެ ކުރިން ގުރޫޕް ސީ ޕޮއިންޓް ތާވަލުގައި ހުރާ އޮތީ ތިންވަނައިގަ އެވެ. ކުރެންދޫ އޮތީ ފުލުގަ އެވެ.

ކޮންމެ ގުރޫޕަކުން ވެސް ގަދަ ތިން ޓީމު ދެވަނަ ބުރަށް ދަތުރު ކުރާނެތީ، ހުރާ އޮތީ ކުޅިބަލަން އޮތް ހުރާ އޮތީ ގުރައިދޫން މެޗުން ޕޮއިންޓެއް ނަމަވެސް ހޯދާނެ ކަމުގެ އިންތިޒާރުގަ އެވެ.

އެކަމަކު ކުރެންދޫން، އެ ފުރުސަތެއް ގުރައިދުއަކަށް ނުދިނެވެ. މެޗުން މޮޅުވާން މަޖުބޫރު ކުރެންދޫގެ ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައި ދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޖޯޑީ އެވެ.

ކުރެންދޫގެ ކީޕަރު ލަންކާގެ ސުޖަން ޕެރޭރާ ވަނީ، ގުރައިދޫގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.