ކ. ހުރާގެ ބަނދަރުމަތީގައި އެ ރަށު ކައުންސިލްގެ ފަރާތުން މޮނިއުމަންޓް ބެހެއްޓިތާ ހަފުތާއެއް ނުވަނީސް އެ ތަން ހަލާކުކޮށްލައިފި އެވެ.
06 އޯގަސްޓް 2025
ކ. ހުރާގެ ބަނދަރުމަތީގައި އެ ރަށު ކައުންސިލްގެ ފަރާތުން މޮނިއުމަންޓް ބެހެއްޓިތާ ހަފުތާއެއް ނުވަނީސް އެ ތަން ހަލާކުކޮށްލައިފި އެވެ.
ޓޫރިސްޓުންގެ މެދުގައި "ކްރެބް އައިލެންޑް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ހުރާގެ ބަނދަރުމަތީގައި ބެހެއްޓި މޮނިއުމަންޓުގައި އެ ރަށުގެ ނަމާ އެކު، ހަރުކޮށްފައި ހުރީ ރަތް ކަކުންޏަކާއި މާކަނަ އެކެވެ.
ހުރާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފައިބަރުން ހަދާފައިވާ މޮނިއުމަންޓުގެ ބައެއް ތަންތަނަށް ގެއްލުންދީ، އިއްޔެ ރޭ ދަންވަރު ހަލާކު ކޮށްލާފައިވާ އެވެ.
މޮނިއުމަންޓަށް ގެއްލުން ދިން މީހުން ހޯދަން ކައުންސިލުން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅީ އެއީ ރަށު ރައްޔިތުން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުކުރި މޮނިއުމަންޓަކަށް ވާތީ އާއި އެފަދަ އަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްގީ އަށް އެޅޭނެ ހުރަހަކަށް ވާތީ ކަމަށް ކައުންސިލުން ބުންޏެވެ.
"މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭ ނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ، ރައްޔިތުންގެ އަމަންއަމާން ކަމަށް އަސަރުކޮށް، ރަށުގައި ފިތުނަ ފަސާދަ އިތުރުވެގެން ހިނގައިދާނެ ކަމަށް ކައުންސިލުން ދެކެމެވެ،" ބަޔާނުގައި ވެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މޮނިއުމަންޓުގައި ހަރުކޮށްފައިވާ މާކަނަ އަށް ގެއްލުން ދީފައި ވަނީ ދަގަނޑެއް ފަދަ އެއްޗަކުންނެވެ.
ހުރާގައި ބޯޓުޔާޑެއް ހަދަން ދޭ ބޮޑު ބިން ބަޔަކަށް ދީފި
ނާލްގެ ހާލު އަންނަނީ ރަނގަޅުވަމުން: ރަށު ކައުންސިލް
ހިންމަފުއްޓާއި ހުރައަށް ފެރީ ލޯންޗުތައް ފަށައިފި
އުރީދޫ މަސްރޭހުގެ ފުރަތަމަބުރު ހުރާގައި ފަށަން ތައްޔާރު
އުރީދޫ މަސް ރޭސް މި އަހަރު ފުނަދު އާއި ހުރާގައި
ބީއެމްއެލްއިން ހުރާގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
ހުރާގެ ކޮންމެ ހާފިޒަކަށް 150،000ރ. ދެނީ
ހުރާއިން ގަވާއިދާ ހިލާފް 46 ބިދޭސީން އަތުލައިގެންފި
އަލީ ޝިހާމް މިހާރު ބޭނުންވަނީ ކޯޗިން ދަސްކުރަން
ޒަމާންތަކަކަށް ފަހު ހުރަޔަށް އަލުން ފުޓްބޯޅައިގެ ރޫހު