Roadha Mihaaru
ހުރާގައި ބޯޓުޔާޑެއް ހަދަން ދޭ ބޮޑު ބިން ބަޔަކަށް ދީފި

ހުރާގައި ބޯޓުޔާޑެއް ހަދަން ދޭ ބޮޑު ބިން ބަޔަކާ ހަވާލުކޮށްފި

15 ޑިސެމްބަރ 2022

ކ. ހުރާގައި ބޯޓްޔާޑެއް ހަދަން ކުއްޔަށް ދޫކުރަން ނިންމާފައިވާ 100،000 އަކަފޫޓުގެ ބިން އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ހުރާގައި ބޯޓްޔާޑެއް ހަދަން ކުއްޔަށް ދޫކުރަން ނިންމާފައިވާ 100،000 އަކަފޫޓުގެ ބިން އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.

އެ ރަށު ކައުންސިލުން މިއަދު ބުނީ، އެ ބިން ކުއްޔަށް ދިނީ ފިކްސް އިން މެރިން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. ހުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ފިކްސް އިން މެރިން އަކީ ރާއްޖޭގައި ބޯޓު ބަނުމާއި މަރާމާތު ކުރުން ފަދަ މަސައްކަތްކުރާ ކުންފުންޏެކެވެ.

ކ. ހުރާގައި ބޯޑުޔާޑެއް ހަދަން ފިކްސް އިން މެރިން ކުންފުންޏާ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ހުރާ ކައުންސިލް

ކ. ހުރާގައި ބޯޑުޔާޑެއް ހަދަން ފިކްސް އިން މެރިން ކުންފުންޏާ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ހުރާ ކައުންސިލް

ހުރާގެ ހުޅަނގުފަރާތުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ހެދުމަށް ބޮޑު ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، ކައުންސިލުން ބިޑަށް ހުޅުވާލީ މިދިޔަ އޮކްޓޯބަރު މަހު 23 ގަ އެވެ.

ގިނަވެގެން 30 އަހަރަށް ކުއްޔަށް ދޫކުރާ އެ ބިމުގައި އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމާއި އަދި އެ މަސައްކަތާ ގުޅުން ހުރި އެހެން ވިޔަފާރިތައް ވެސް ކުރެވޭނެ ކަމަށް ހުރާ ކައުންސިލުން ބުންޏެވެ. ބިން ކުއްޔަށް ހިފަން އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހޭނެ ކަމަށް ބުނީ އަކަފޫޓަކަށް 1ރ. އެވެ.

ހުރަ އަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާރު ކޮންމެ ރަށެއްގައި ވެސް ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ ނިންމައި ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބުނު ރަށްތަކުގެ ތެރެއިން އެއް ރަށެވެ.

ސަރުކާރުން 2020 ވަނަ އަހަރު ހުރާގައި 23 ހެކްޓަރުގެ ބިމެއް ވެސް ހިއްކި އެވެ. އެ ބިން ބޭނުން ނުކޮށް އަދިވެސް އޮތީ ހިއްކި ގޮތަށެވެ.