01 ޑިސެމްބަރ 2024
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފި އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފި އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސްއަށް ގެނައި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް ބަދަލެއް ނަޔަސް، ބިދޭސީންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރަށް ބޮޑުވާނެ އެވެ.
އަދި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ ވެސް 120 ޑޮލަރަށް ބޮޑުވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240 ޑޮލަރަށް ބޮޑުވާނެ އެވެ.
މީގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ގެންނައި އިސްލާހު:
- އިކޮނޮމީ ކްލާސް (ބިދޭސީން):
ކުރިން: 30 ޑޮލަރު
ބޮޑުކުރާ ރޭޓް: 50 ޑޮލަރު
- ބިޒްނަސް ކްލާސް (ދިވެހިންނާއި ބިދޭސީންނަށް)
ކުރިން: 60 ޑޮލަރު
ބޮޑުކުރާ ރޭޓް: 120 ޑޮލަރު
- ފަސްޓް ކްލާސް (ދިވެހިންނާއި ބިދޭސީންނަށް)
ކުރިން: 90 ޑޮލަރު
ބޮޑުކުރާ ރޭޓް: 240 ޑޮލަރު
- ޕްރައިވެޓް ޖެޓް (ދިވެހިންނާއި ބިދޭސީންނަށް)
ކުރިން: 120 ޑޮލަރު
ބޮޑުކުރާ ރޭޓް: 480 ޑޮލަރު
މިއަދުން ފެށިގެން ދަތުރު ކުރާ ފަރާތްތަކުގެ ޓިކެޓުން މި އަދަދުތައް ޗާޖުކުރަން ފަށާނެ އެވެ.
މި އަދަދުތަކާ އެއްގޮތަށް ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ވެސް ނަގާނެ އެވެ.
އޭގެ ތެރެއިން ޑިޕާޗާ ޓެކްސް އަށް ލިބޭ ޑޮލަރުން ރިޒާވް އިތުރުވާނެ އެވެ. އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަށް އިތުރުވާ އަދަދު ޖަމާކުރާނީ މިހާރެކޭ އެއްގޮތަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށެވެ.
މި ގެނައި ބަދަލާ އެކު ޖުމްލަ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
އެއާޕޯޓު ޓެކްސްތަކަށް ބޮޑު ބަދަލެއް ގެންނަނީ
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 400 މިލިއަން
އާ ގާނޫނާ އެކު ދަތުރުވެރިންގެ ފީތައް ބޮޑުވެއްޖެ
އޭޑީސީގެ ބިލް ތަސްދީގު ކުރައްވައިފި
ޓޫރިޒަމާއި އެއާޕޯޓް ޓެކްސް ބޮޑުކުރާ ބިލް ތަސްދީގުކޮށްފި
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ