02 މެއި 2017
އެއާޕޯޓް ސާވިސް ޗާޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ނަގަން ފާސްކުރި ގާނޫނަށް އިއްޔެ އިން ފެށިގެން އަމަލްކުރަން ފެށުމާ އެކު، ރާއްޖެ އިން ބޭރަށް ފުރާ ހުރިހާ ދަތުރުވެރިންގެ އަތުން ނަގާ ފީތައް ބޮޑުވެއްޖެ އެވެ.
އެއާޕޯޓް ސާވިސް ޗާޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ނަގަން ފާސްކުރި ގާނޫނަށް އިއްޔެ އިން ފެށިގެން އަމަލްކުރަން ފެށުމާ އެކު، ރާއްޖެ އިން ބޭރަށް ފުރާ ހުރިހާ ދަތުރުވެރިންގެ އަތުން ނަގާ ފީތައް ބޮޑުވެއްޖެ އެވެ.
ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ހުރިހާ އެއާޕޯޓަކުން ބޭރަށް ފުރާ ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖު (އޭއެސްސީ) ނަގާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން އޭއެސްސީގެ އިތުރުން އޭޑީސީ ވެސް އިއްޔެ އިން ފެށިގެން ނަގަން ވަނީ ފަށައިފި އެވެ. އެ ބަދަލާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކު 24 ޑޮލަރު އަދި ބިދޭސީއަކު 50 ޑޮލަރު ދައްކަން ޖެހެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ވެސް އޭއެސްސީ ނަގާނެ އެވެ. އެކަމަކު ދެ އަހަރު ނުވާ ކުޑަކުދިންނާއި ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިފައިވާ ފަސިންޖަރުން އަދި ޓްރާންސިޓް ފަސިންޖަރުންގެ އަތުން އޭއެސްސީ އަދި އޭޑީސީ ވެސް ނުނަގަ އެވެ.
މީގެ ކުރިން ގަމާއި ހަނިމާދޫން ފުރާ ފަސިންޖަރުންގެ އަތުން އޭއެސްސީ ނަގާފައެއްނުވެ އެވެ.
އޭއެސްސީގެ ގާނޫނާއި އޭޑީސީގެ ބިލު އެއްކޮށްލައިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހުގެ ރޭ ފާސްކުރި އާ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވީ ޑިސެމްބަރު 7 ގަ އެވެ. އަދި ގާނޫނުގައިވާ ގޮތުން އޭއެސްސީ އާއި އޭޑީސީ ނަގަން ފަށަން ޖެހެނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ހަމަވުމުންނެވެ. ހަތަރު މަސް ހަމަވެ މިދިއަ މަހު އެ ފީތައް ނަގަން އޮތަސް، މޭ 1 އަށް ފަސްކުރީ ކީއްވެގެން ކަމެއް މީރާއަކުން ނުބުނެ އެވެ.
އޭޑީސީ ނަގަނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން އެކަންޏެވެ.
އޭއެސްސީ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރު އޮތީ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގާ ގޮތަށެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން އިސް ނަންގަވައިގެން އެ އަދަދު ވަނީ 12 ޑޮލަރަށް ކުޑަކޮށްފަ އެވެ. އެއީ ރައީސް ޔާމީންގެ އެއްބާރުލެއްވުމާ އެކު ގެނައި ބަދަލެއް ކަމަށް ޕީޕީއެމްގެ މެމްބަރުން ފުރަތަމަ ވިދާޅުވިޔަސް، ރައީސް ވަނީ މެމްބަރުންގެ އެ ނިންމެވުމާ މެދު، ވައިބަ ގްރޫޕްގައި، ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން އޭއެސްސީ އާއި އޭޑީސީ ނެގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަސިންޖަރަކު ބޭރަށް ފުރާ އެއާލައިނަކުންނެވެ. އަދި މީރާ އަށް ނުދައްކައިފި ނަމަ، ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ އެވެ.
ކުރިން އޭޑީސީގެ ގޮތުގައި ނަގަމުން އައީ ދިވެހިންގެ އަތުން 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރެވެ.
އިންޑިއާގެ ޖީއެމްއާރު ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިރު އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން އެކަން ހުއްޓުވި އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީ ނަގަން އުޅުމުންނެވެ.
އޭޑީސީ އަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އާމްދަނީއެކެވެ ތެރޭގަ އެވެ. އޭޑީސީން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެކަމަކު ދިވެހިންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކުރުމުން އެ އަދަދު މަދުވާނެ އެވެ.
މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އޭޑީއެފް ބޮޑުވާނެ
އެއާޕޯޓު ޓެކްސްތަކަށް ބޮޑު ބަދަލެއް ގެންނަނީ
ބޭރަށް ފުރާ މީހުންގެ އަތުން އާ ޓެކުހެއް ނަގަން ބިލެއް
ފުރާ ދިވެހިން އަތުން 25 ޑޮލަރު ނަގަން ހުށަހަޅައިފި
25 ޑޮލަރު ނެގުމުގެ ބިލް މަޖިލިހަށް ފޮނުވައިފި
ޓޫރިޒަމާއި އެއާޕޯޓް ޓެކްސް ބޮޑުކުރާ ބިލް ތަސްދީގުކޮށްފި
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
ބިދޭސީން އިމުގާ ފޯމް ކުރުމުގެ އުސޫލަށް ބަދަލުތަކެއް