16 ޖުލައި 2022
އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ ދެ ގުނަ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނީ 200 މިލިއަން ރުފިޔާ އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މި އަހަރު 760 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. މިދިޔަ ހަ މަހަށް ބަލާއިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އަށް، މި އަހަރު އަންދާޒާކުރި އާމްދަނީގެ ގޮތުގައި 50 ޕަސެންޓް ވަނީ ލިބިފަ އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައި ވަނީ ރާއްޖެ އިން ބޭރުން ފުރާ މީހުންގެ އަތުން ނަގާ ފީ މި އަހަރުގެ ޖެނުއަރީން ފެށިގެން ބޮޑުކުރުމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓު ސާވިސް ޗާޖު ނެގުން ހުއްޓާލައި، ޑިޕާޗާ ޓެކްސް ވަނީ ނަގަން ފަށައިފި އެވެ.
މި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް އިތުރުވާނެ އެވެ. އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުދިންގެ އަތުން އެ ޓެކްސް ނުނަގާނެ އެވެ.
- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު.
- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު.
- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
ގާނޫނަށް ގެނައި އިސްލާހުގައިވާ ބުނެފައިވާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ދައުލަތަށް ދެއްކުމަކީ އެ އެއާލައިނެއްގެ ޒިންމާއެކެވެ. އެ ޓެކްސް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.
މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އޭޑީއެފް ބޮޑުވާނެ
އެއާޕޯޓު ޓެކްސްތަކަށް ބޮޑު ބަދަލެއް ގެންނަނީ
ޓޫރިޒަމާއި އެއާޕޯޓް ޓެކްސް ބޮޑުކުރާ ބިލް ތަސްދީގުކޮށްފި
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
ބިދޭސީންނަށް ޑިޕާޗާ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ބޭރަށް ފުރާ މީހުންގެ އަތުން އާ ޓެކުހެއް ނަގަން ބިލެއް
އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލަށް
އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 21.4 މިލިއަން ޑޮލަރު
އާ ގާނޫނާ އެކު ދަތުރުވެރިންގެ ފީތައް ބޮޑުވެއްޖެ