28 ނޮވެމްބަރ 2024
މައުލޫމާތުތައް އާއްމުކުރުމުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ނާންނަ ގޮތަށް އަމަލުކުރަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިއްޖެ އެވެ.
މައުލޫމާތުތައް އާއްމުކުރުމުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ނާންނަ ގޮތަށް އަމަލުކުރަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިއްޖެ އެވެ.
އެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަން ގާނޫނު އަސާސީ އާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ބުނެފައިވާ ކަމަށެވެ. އެހެންވެ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިދާނެ ހުރިހާ ކަމަކުން ކުއްޖާ ރައްކާތެރިކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށް ބުނެފައިވެ އެވެ.
އެކަމަކު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފަށް ބައެއް މީޑިއާތަކުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޒާތީ މައުލޫމާތު އާއްމުކުރަމުންދާތީ އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
"މިފަދަ ކަންކަމަކީ ކުއްޖާގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކަމާއި މި ގޮތަށް މައުލޫމާތު އާއްމުކުރުމަކީ މިކަމުގެ ސަބަބުން ކުޑަކުދިންގެ މަސްލަހަތު ރައްކާތެރި ނުކުރެވި، ކުއްޖާ އަނިޔާއަކަށް އަދި ނުރައްކަލަށް ނުވަތަ ގޯނާއަކަށް ހުށަހެޅިދާނެ ކަމެއްކަމުގައި ދެކެމެވެ،" ބަޔާނުގައި ބުންޏެވެ.
އެ އޮފީހުން ބުނީ ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި ނާޒުކު ހާލަތުގައި ތިބި ކުދިންގެ މައުލޫމާތު އާއްމުކުރަން އޮމްބަޑްސްޕާސަންގެ އޮފީހުން ހުއްދަކުރާ މިންވަރާ ހިލާފަށް ސީދާ އަދި ނުސީދާ ގޮތުން ވިއަސް ކުޑަކުދިންގެ ޒާތީ މައުލޫމާތު އާއްމުކޮށްފި ކަން އެނގިއްޖެ ނަމަ ފިޔަވަޅު އެޅޭނެ ކަމަށެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކުޑަކުދިންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި މީޑިއާތަކުން ވެސް ދެމިތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކޮންމެ ހާލަތެއްގައި ވސް މީޑިއާތަކާއި މުއައްސަސާތަކާއި މުޅި މުޖުތަމައުއިން ކުދިންގެ ރައްކާތެރިކަން އިސްކޮށް، އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް ހައްގުތައް ކަށަވަރުކޮށްދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.
ހިޔާގެ އިސްވެރިންގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި
ހިޔާގެ މައްސަލާގައި ފިޔަވަޅު އަޅާނީ ތަހުގީގު ނިމުމުން
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް
ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުގެ ގަވައިދު ހަދައިފި
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރަން އޮޑިޓެއް ހަދަނީ
ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބެގެންނުވާނެ
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ހިޔާއަކީ ކުދިން ބައިތިއްބަން ރައްކާތެރި މާހައުލެއް ނޫން
އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރައްވައިފި
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ