28 ނޮވެމްބަރ 2024
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިދިޔަ ހަފްތާގައި ނެރުނު އަމުރު އިސްތިއުނާފު ކުރާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިދިޔަ ހަފްތާގައި ނެރުނު އަމުރު އިސްތިއުނާފު ކުރާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އަދި ނަޔަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު އިސްތިއުނާފް މަރުހަލާނިމެންދެން ސަސްޕެންޑްކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުމަށް އައިސީސީން މިދިޔަ ހަފުތާގައި އަމުރެއް ނެރުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ދިން ހަމަލާއާ ގުޅިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގަ އެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ އިހުތިސާސާއި ހައްޔަރުކުރަން ނެރެފައިވާ އަމުރުތަކުގެ ސައްހަކަމަށް އިޒްރޭލުގެ ދައުލަތުން ގޮންޖެހުންތަކެއް ކުރިމަތިކުރާ ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު [އައިސީސީ]ގެ އިހުތިސާސާއި ހައްޔަރުކުރަން ނެރެފައިވާ އަމުރުތަކުގެ ސައްހަކަމަށް ފަލަސްތީނުން ޗެލެންޖް ކުރާނެ ކަމަށެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމަށް އަމުރު ނެރުމާ އެކު އައިސީސީ އަށް އިޒްރޭލާއި އެހެން ބައެއް ގައުމުތަކުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
ނަތަންޔާހޫ ވަނީ އައިސީސީ އަކީ ޔަހޫދީންނާ ދެކޮޅު، އެންޓި-ސެމިޓިޒަމް އަށް ހިތްވަރުދޭ ތަނެއް ކަމަށް ބުނެފަ އެވެ.
ބަޔާނުގައި ބުނީ ކޯޓުން އިސްތިއުނާފް ބަލައިނުގެންފި ނަމަ އެމެރިކާ އާއި އެހެން ގައުމުތަކަށް ބެސް އައިސީސީ އަކީ ކިހާ ބޮޑަކަށް އެއްފަރާތަކަށް ޖެހިފައިވާ ތަނެއްކަން ހާމަވާނެ ކަމަށެވެ.
"އިސްތިއުނާފަށް އެދި ހުށަހަޅައިފި ނަމަ އެކަން ނިންމާނީ ފަނޑިޔާރުން،" އިސްތިއުނާފާ ގުޅޭ ގޮތުން ނޫސްވެރިންނާ ސުވާލު ކުރުމުން އައިސީސީގެ ތަރުޖަމާނު ފާދީ އަލް އަބްދުﷲ ވިދާޅުވި އެވެ.
މި މަހުގެ 21 ވަނަ ދުވަހު އައިސީސީން ބުނީ ނިޒާމީ ގޮތެއްގައި ރާވައިގެން މީހުން ބަނޑަށް ޖެއްސުމާއި އިންސާނިއްޔަތާ ހިލާ އަމަލުތައް ހިންގައި އަދި ފު މީހުން މެރުމާއި އަނިޔާ ކުރުމާއި އެނޫންވެސް ލާއިންސާނީ އަމަލުތަކުގެ ޖިނާއީ ޒިންމާ ނަތަންޔާހޫ އާއި ގަލަންޓް އުފުލަން ޖެހޭނެ ކަަމަށެވެ.
އައިސީސީއަށް ގޮންޖަހަން ހަންގޭރީއަށް ނަތަންޔާހޫ ގެންދަނީ
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން އަމުރު ނެރެފި
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދިއްޖެ
ކޮރަޕްޝަންގެ މައްސަލައިގައި ނަތަންޔާހޫ ކޯޓަށް
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
"އީރާންގެ ނިއުކްލިއާ ކޮމްޕޮނެންޓަކަށް ހަމަލާދިން"
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި