އެމެރިކާއިން ކޮރަޕްޝަންގެ ތުހުމަތުތައް ކުރި ފަހުން ގާތްގަނޑަކަށް 55 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުން ވެއްޖެ ކަމަށް އިންޑިއާގެ އަދާނީ ގްރޫޕުން ބުނެފި އެވެ.
އެމެރިކާއިން ކޮރަޕްޝަންގެ ތުހުމަތުތައް ކުރި ފަހުން ގާތްގަނޑަކަށް 55 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުން ވެއްޖެ ކަމަށް އިންޑިއާގެ އަދާނީ ގްރޫޕުން ބުނެފި އެވެ.
"އެމެރިކާގެ ޑީއޯޖޭ [ޑިޕާޓްމަންޓް އޮފް ޖަސްޓިސް] އިން ދައުވާކުރިކަން އެންގުމާ އެކު، މި ގްރޫޕްގެ ލިސްޓުކޮށްފައިވާ 11 ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަންގައި ގާތްގަނޑަކަށް 55 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފަ އެވެ،" އަދާނީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އުފުލި ދައުވާގައިވާ ގޮތުން، އަދާނީ ގްރޫޕްގެ ވެރިޔާ ބިލިއަނަރު ގޯތަމް އަދާނީ އާއި ބައެއް އެހެން ވެރިން ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އޮޅުވާލައިގެން ވަނީ "ރިޝްވަތު ސްކީމް" އެއް ހިންގައިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތުގެ ފައިސާ އާއި އެކި ހުށަހެޅުންތައް ހުށަހެޅުމަށް މި ސްކީމް ބޭނުންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދާނީ ގްރޫޕުން ބުނެފައިވަނީ އެމެރިކާއިން ކޮށްފައިވާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.
އަދާނީގެ ބަޔާނުގައި ބުނެފައިވަނީ އަދާނީގެ އޮފިޝަލުންގެ މައްޗަށް އުފުލާފައިވަނީ ސެކިއުރިޓީޒް އޮޅުވާލުމާއި ވަޔަ ފްރޯޑް އަދި ސެކިއުރިޓީޒް އޮޅުވާލުމުގެ ދައުވާ އެކަނި ކަމަށެވެ.
އަދާނީއަކީ ހިންދޫ ވަތަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ގާތް އެކުވެރިއެއް ކަމަށް ވާއިރު އެއް ދުވަސްވަރެއްގައި ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި ވެސް ހުރި އަދާނީގެ ސަބަބުން ނާޖާއިޒް ފައިދާތައް މޯދީ އަށް ލިބޭ ކަމަށް ސިޔާސީ ވާދަވެރިން ތުހުމަތުކުރެ އެވެ.
އެ ގްރޫޕުން ބުނީ އެމެރިކާގެ ދައުވާއާ އެކު ބައިނަލްއަގުވާމީ ޕްރޮޖެކްޓްތަކެއް ކެންސަލްވެފައިވާ ކަމަށާއި މާލީ ބާޒާރާއި ސްޓްރެޓެޖިކް ޕާޓްނަރުންނާއި އިންވެސްޓަރުންގެ މެދުގައި ވެސް ކުންފުންޏަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ.
ކޯލްގެ ވިޔަފާރި އާއި އެއާޕޯޓް ހިންގުމާއި ސިމެންތި އަދި މީޑިއާގެ ވިޔަފާރީގައި ވެސް ވަރުގަދަ އަދާނީ ގްރޫޕަށް ވަނީ މީގެ ކުރިން ވެސް ކޯޕަރޭޓް އޮޅުވާލުމުގެ ތުހުމަތު މިދިޔަ އަހަރު ވެސް ކުރިމަތިވެ "ސްޓޮކް ކްރެޝް" އަކާ ކުރިމަތިލާން ޖެހުނެވެ. ކުންފުނީގެ މާކެޓް ވެލިއު އިން އެ ފަހަރު 150 ބިލިއަން ޑޮލަރު ގެއްލުނެވެ.
ސިންގަޕޫރުގެ ބިލިއަނަރު އޯންގް ހައްޔަރު ކުރަނީ
އަހަރެއް ފަހުން ސައުދީ ބިލިއަނަރު ދޫކޮށްލައިފި
ފަލަސްތީނުގެ ބިލިއަނަރު ސައޫދީން ހައްޔަރުކޮށްފި
ގދ. ކައުންސިލުން ތައިލެންޑް ދަތުރަށް ބައި މިލިއަން
އެންމެ މުއްސަނދި މީހާގެ މަގާމު މަސްކަށް ގެއްލެނީ
ނުފޫޒުން އެޗްޑީސީ ބިންތަކެއް ދޫކުރި ސްޓާފަކު ސަސްޕެންޑު
ރަނިލްގެ ހާލު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި
ކޮރަޕްޝަނާ ގުޅުވައިގެން ޔާމީންގެ ބޮޑެތި ތުހުމަތުތަކެއް!
މާރުކޭޓު އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް
ގަދަރުވެރި ދެ ޔުނިފޯމުން ނިވާވެފައިވާ ކޮރަޕްޝަން!