Roadha Mihaaru
ސިންގަޕޫރުގެ ބިލިއަނަރު އޯންގް ހައްޔަރު ކުރަނީ

ރާއްޖޭގައި ނުވަ ރިސޯޓް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އޯންގް ހައްޔަރު ކުރަން އަމުރެއް ނެރެފި

14 ޖުލައި 2023

ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުން އަންނަ ސިންގަޕޫރުގެ ބިލިއަނަރު އޯންގް ބެންގް ސެންގް ހައްޔަރުކުރުމަށް އެ ގައުމުން މިއަދު ނޯޓިހެއް ނެރެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުން އަންނަ ސިންގަޕޫރުގެ ބިލިއަނަރު އޯންގް ބެންގް ސެންގް ހައްޔަރުކުރުމަށް އެ ގައުމުން މިއަދު ނޯޓިހެއް ނެރެފި އެވެ.

ސިންގަޕޫރުގެ ނޫސްތަކުގައި ވާ ގޮތުން، އޯންގް ހައްޔަރު ކުރަން ނިންމީ، އެ ގައުމުގެ އެންޓި-ކޮރަޕްޝަން އިދާރާ، ކޮރަޕްޓް ޕްރެކްޓިސެސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއާ ގުޅިފައިވާ ހިޔާނާތުގެ މައްސަލައެކެވެ.

މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ރިސޯޓުތައް ރާއްޖޭގައި ހިންގާ އޯންގް މިވަގުތު ހުރީ ގައުމުން ބޭރުގަ އެވެ.

ސެންގްގެ ކުންފުނި ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) ގެ ނޫސްބަޔާނުގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް ސެންގު ފުރިހަމައަށް އެއްބާރުލުން ދޭ ކަމަށާއި މިއަދު އަނބުރާ ގައުމަށް ގޮސް އޭނާގެ ޕާސްޕޯޓް ސީޕީއައިބީއާ ހަވާލުކުރާނެ ކަމަށެވެ.

އޭނާ ހައްޔަރުކުރަން އަމުރެއް ނެރެފައި ވާތީ، ކަފާލާތުގެ ދަށުން މިނިވަންކުރުމަށް 100،000 ޑޮލަރު ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.