17 ޑިސެމްބަރ 2017
ފަލަސްތީނުގެ ބިލިއަނަރު އަދި ވިޔަފާރިވެރިޔާ ސަބީހް އަލް މަސްރީ ސައޫދީ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ފަލަސްތީނުގެ ބިލިއަނަރު އަދި ވިޔަފާރިވެރިޔާ ސަބީހް އަލް މަސްރީ ސައޫދީ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ވިޔަފާރީގެ ދަތުރެއްގައި ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ދިޔަ ތަނުން ސަބީހް ހައްޔަރު ކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ. އުމުރުން 80 އަހަރުގެ ސަބީހް އަކީ ޒާރާ އިންވެސްޓްމަންޓް ހޯލްޑިންގެ ފައުންޑަރު އަދި އަރަބް ބޭންކުގެ ޗެއާމަނެވެ.
ސައޫދީގެ ތަހުގީގީ އިދާރާތަކުން އޭނާ ހައްޔަރު ކުރުމަށް ފަހު ސުވާލު ކުރީ، މިހާރު ހައްޔަރުކޮށްފައި ތިބި ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންގެ ކޮރަޕްޝަންގެ ކަންތައްތަކާ ބެހޭ މައުލޫމާތު ހޯދަން ކަމަށް އޭނާގެ އާއިލާ އިން ރޮއިޓާސް އަށް ކިޔައިދީފައިވެ އެވެ.
ނަމަވެސް މިހާތަނަށް އޭނާގެ މައްޗަށް ރަސްމީކޮށް އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެ އެވެ. މަސްރީއަކީ ސައޫދީ އަރަބިއްޔާ އާއި އުރްދުންގެ ރައްޔިތެއްކަން ހޯދައިގެން އުޅޭ ވިޔަފާރިވެރިއެކެވެ.
ސަބީހް އަލް މަސްރީ (ކ) ޒައިން ކުންފުނީގެ ވެރިއަކާ އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރައްވަނީ.
ފަލަސްތީނުގެ ހިއްސާ ބާޒާރު އުފެއްދެވީ ވެސް އޭނާ އެވެ. އަދި މެދުއިރުމައްޗާއި ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް އޭނާ ގެންދަވަނީ އިންވެސްޓްމަންޓް ކުންފުނިތަކާއި މާލީ އިގްތިސާދީ އިދާރާތައް ހިންގަަވަމުންނެވެ. އޭގެ ތެރޭގައި އަރަބް ބޭންކު ހިމެނެ އެވެ.
އުރްދުންގައި ހުންނަ އަރަބް ބޭންކަކީ އުރްދުން ސަރުކާރަށް އެންމެ ގިނައިން ލޯނު ދީފައިވާ ބޭންކެވެ. އަދި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމުގެ މައި އިންޖީނު ކަމުގައި ބެލެވޭ ބޭންކެވެ.
ސައޫދީ އަރަބިއްޔާ އިން ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށީ މިދިޔަ ނޮވެމްބަރު މަސް ފެށުނު ތަނާ އެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން ސައޫދީގެ ބޮޑެތި ބައެއް ވިޔަފާރިވެރިންނާއި ސަރުކާރުގެ ބައެއް ވެރިންނާއި ޝާހީ އާއިލާގެ ބައެއް މެމްބަރުން ހިމެނެ އެވެ.
އޭގެ ތެރޭގައި ޝާހީ އާއިލާގެ 11 އަމީރަކާއި ހަތަރު ވަޒީރަކާއި ގިނަ އަދަދެއްގެ ކުރީގެ ވަޒީރުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ބޭންކު އެކައުންޓުތައް ފްރީޒް ކޮށްފައިވާ އިރު، ގައުމުން ބޭރަށް ދަތުރުކުރުން މަނާ މީހުންގެ ލިސްޓުގައި އެ ބޭފުޅުން މިހާރު ވަނީ ހިމަނައިފަ އެވެ.
އަހަރެއް ފަހުން ސައުދީ ބިލިއަނަރު ދޫކޮށްލައިފި
ފަލަސްތީނުގެ ދައުލަތެއްނެތި އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
މެދުއިރުމަތީގެ ބައްދަލުވުމަށް ޒަމީރު ސައޫދީއަށް
ސައުދީ ރަސްގެފާނު ދެއްވާ ހައްޖުވުމުގެ 1،000 ފުރުސަތު ފަލަސްތީނަށް
ޣައްޒާގެ މައްސަލައިގައި ދުނިޔެ ފެއިލް ވެއްޖެ: ސައޫދީ
ފަލަސްތީނު ރެފިއުޖީންނަށް ސައޫދީން 40 މިލިއަން ޑޮލަރު
ފަލަސްތީން މިނިވަންނުވެ އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން