26 ނޮވެމްބަރ 2024
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށާއި ގޭންގު ކުށްތައް ހުއްޓުވުމާބެހޭ އާ ގާނޫނެއްގެ ބިލް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށާއި ގޭންގު ކުށްތައް ހުއްޓުވުމާބެހޭ އާ ގާނޫނެއްގެ ބިލް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރަން ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ހުރި ބައެއް އުނި ކަންކަން ކަމަށެވެ.
އެހެންވެ، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ރިވިއުކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެ އިސްލާހުތައް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި، މިހާރު އަމަލުކުރާ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގައި ބަދަލުގައި، އާ ގާނޫނެއްގެ ބިލް ސަރުކާރުގެ ފަރާތުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން. އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް…
— Dr Mohamed Muizzu (@MMuizzu) November 26, 2024
އެ މަނިކުފާނު ވަނީ އެފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރާ މަސައްކަތްތަކަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަން ތައްޔާރުވިއިރު، ގޭންގު ލީޑަރުންނާއި މެންބަރުން ކަނޑައަޅައި އެ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކި ކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް އަދި ހަރުކަށި އަދަބު ލިބޭ ގޮތަށް ހޯމް މިނިސްޓްރީން ވަނީ ބިލެއް ޑްރާފްޓްކޮށްފަ އެވެ.
އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ބިލުގައި ވަނީ ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުންނަކީ ކޮބައިކަން ކަނޑައަޅައިފަ އެވެ. އަދި ވަކި އަދަދަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވެސް ހޯމް މިނިސްޓްރީގެ ބިލްގައި ހިމަނާފައިވެ އެވެ.
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
އިންޑިއާގައި ތާށިވެފައި ހުންނަތާ 12 އަހަރު!
ޑްރަގާ ގުޅޭ ސިޔާސީ މީހުންނަށް އިމްރާންގެ އިންޒާރެއް!
ކަނޑުމަގުން ގެނައި ކިލޯއެއްގެ ޑްރަގު އަތުލައިގެންފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ބެންކޮކުގައި ޑްރަގް ޓްރެފިކިން ތުހުމަތު ދިވެއްސަކަށް
ކަނޑުމަގުން ގެނައި 3.3 ކިލޯގެ ޑްރަގް އަތުލައިގެންފި
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
އިއްޒަތުގެ ޝަރަފާއެކު މޫސާ އަލީ ޖަލީލުގެ ލޮލުން ކަރުނަ
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު