25 ނޮވެމްބަރ 2024
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ މާލީ މައުލޫމާތުތައް އޮޅުންފިލުވުމަށް ބޭއްވި އެސްއޯއީ ސަބް ކޮމިޓީ ސިއްރުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ މާލީ މައުލޫމާތުތައް އޮޅުންފިލުވުމަށް ބޭއްވި އެސްއޯއީ ސަބް ކޮމިޓީ ސިއްރުކޮށްފި އެވެ.
އެސްއޯއީގެ އެ ސަބް ކޮމިޓީގައި ތިއްބަވަނީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އާއި ފޭދޫ ދެކުނު ދާއިރާގެ އިބްރާހިމް ދީދީ އާއި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގާއި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރެވެ.
އެ ކޮމިޓީން މީގެ ކުރިން އައިލެންޑް އޭވިއޭޝަންގެ މާލީ މައުލޫމާތުތައް ހާމަކުރަން ބޭއްވި ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. އެ ސަބް ކޮމިޓީ އަކީ ކުންފުނިތަކުގެ ތެރެއިން ބަނދަރާއި އެއާޕޯޓާއި އެއާލައިންތަކާ ގުޅޭ ކުންފުނިތަކާ ގުޅޭ ކޮމިޓީ އެވެ.
ރީޖަނަލް އެއާޕޯޓުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާވާފައިވާ ކަންކަމާއި ކުންފުނިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލުތައް ވެސް އާންމުކުރަން މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. މިދިޔަ އަހަރު އާރްއޭސީއެލް އަށް ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެ ކުންފުންޏަށް ބަޖެޓުން ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 25 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަަހަރު ވެސް އެ ކުންފުނީގެ ހިންގުން ހަމަޖައްސަން ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެސްއޯއީތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަނީ
އެމްއޭސީއެލް އާއި އާރްސީއެލް އެއްކޮށްލަން ނިންމައިފި
އާރްޑީސީން ލިޔެކިޔުމެއް ނެތި 161 މިލިއަން ދޫކުރި!
ބައެއް ކުންފުނިތަކުން މުސާރައަށް ބޮޑު ހޭދައެއް!
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
އެގްރޯނެޓްގެ ހިންގުން ހުއްޓާލައިފި
ފެނަކައިގެ މައްޗަށް 27 މިލިއަން ރުފިޔާގެ ހުކުމެއް
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
ޕީސީބީ އުވާލުމަށްފަހު އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް