ލޯބިވެރިޔާގެ އޮރިޔާން މަންޒަރުތައް ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުވާ ފުލުސްމީހާ، އެ މައްސަލައާ ގުޅޭ ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ކޯޓުގައި މިއަދު ބުނެފި އެވެ.
24 ނޮވެމްބަރ 2024
ލޯބިވެރިޔާގެ އޮރިޔާން މަންޒަރުތައް ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުވާ ފުލުސްމީހާ، އެ މައްސަލައާ ގުޅޭ ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ކޯޓުގައި މިއަދު ބުނެފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި، ފަޒާ، ޒައިދާން މުހައްމަދު، 19 އެވެ. އޭނާއަކީ މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެކެވެ.
ބްލެކްމެއިލްގެ ތުހުމަތުކޮށް ޒައިދާން ހައްޔަރުކުރީ މި މަހު 14 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް މަތިވެރި މެޖިސްޓްރޭޓް ކޯޓުން ކުރިން ދިން މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ އިތުރު 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، ބްލެކްމެއިލް ކުރުމުގެ ކުށް، އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ. ހެކީގެ ގޮތުގައި ތަހުގީގީ ބަޔާންތަކާއި އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މި ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު އޭނާ އަތުގައި ހުރި ފޮޓޯތައް ލީކުކޮށްލައި، ބިރު ދެއްކުމުގެ ކަންކަން ހިންގާފައިވާކަން އެނގޭނެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
"މި މައްސަލާގައި މީނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރޭ، އަދި މިކަމަށް ބާރުދޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވޭ،" ކޯޓު އަމުރުގައި ބުންޏެވެ.
ޝަރީއަތުގެ މަޖިލީހުގައި ދިފާއުން ވަނީ މީހަކު ޖާމިނުކޮށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދިނުމަށް ވެސް އެދިފަ އެވެ. ނަމަވެސް، މީހަކު ޖާމިނުކޮށް ދޫކޮށްދިނުމަށް އެދިފައިވާ ފޯމު ފުރިހަމަ ނުވާ ކަމަށާއި ޝަރުތު ފުރިހަމަވާކަން އެނގޭނެ ލިޔުމެއް ވެސް ހުށަހަޅާފައި ނުވާތީ، އެ ކަންކަން ފުރިހަމަ ކުރުމުން އަލުން އެކަމާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށް އެ އަމުރުގައިވެ އެވެ.
ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލް ކުރިކަން ސާބިތެއްނުވި
ބްލެކްމެއިލްކޮށް ފައިސާ ހޯދުމުގެ ތުހުމަތުވާމީހާ ބަަންދަށް
ޒައިދުގެ ޝަރީއަތް ސިއްރުކޮށްފި
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ކޭބަލްތައް ބުރިކޮށްލި މީހާގެ ބަންދަށް 10 ދުވަސް
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ޔުމްނު އާއި ރައުދު އާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި