11 އޯގަސްޓް 2022
ބަރަހަނާ ފޮޓޯ ލީކުކޮށްލާނެ ކަމަށް ބުނެ، ލޯބިވެރިޔާ ބްލެކްމެއިލްކޮށް އަދި އާއިލާގެ މީހުންނާ އެކު ޖިންސީ ގުޅުން ހިންގަން މަޖުބޫރު ކުރުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.
ބަރަހަނާ ފޮޓޯ ލީކުކޮށްލާނެ ކަމަށް ބުނެ، ލޯބިވެރިޔާ ބްލެކްމެއިލްކޮށް އަދި އާއިލާގެ މީހުންނާ އެކު ޖިންސީ ގުޅުން ހިންގަން މަޖުބޫރު ކުރުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.
ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ބްލެކްމެއިލް ކުރުމުގެ ދައުވާކުރީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރު ރެކޯޑް ކުރުމަށްފަހު އެ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގަން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި އަނިޔާ ލިބުނު މީހާގެ އާއިލާ މީހުންނާ އެކު ޖިންސީ ގުޅުން ހިންގުމަށާއި އަދި އޭނާގެ ކޮއްކޮގެ ބަރަހަނާ މަންޒަރު ނަގަން ވެސް ދައުވާލިބޭ މީހާ އޭނާއަށް މަޖުބޫރު ކޮށްފައިވެ އެވެ.
ބްލެކްމެއިލް ދައުވާގެ އިތުރުން ބިރުދެއްކުމުގެ ދައުވާއެއް ވެސް އެ މީހާގެ މައްޗަށް ދައުލަތުން ކުރި އެވެ. އެއީ އޭރުގެ ލޯބިވެރިޔާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބްލެކްމެއިލްކޮށް ބިރު ދެއްކުމަށްޓަކައި، އަނިޔާ ލިބުނު މީހާ އަށް ކުރި ކަމަށް ފޯން ކޯލެއްގެ ރެކޯޑިން ދައުލަތުން ހުށަހަޅާފައި ވިޔަސް، އެއީ ދައުވާ ލިބުނު މީހާގެ ފޯނު ކޯލެއް ކަން ނުވަތަ އެއީ އޭނާގެ އަޑުކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ. އަދި ފެނުނު ފޮޓޯތަކާއި ވީޑިއޯތައް އެނަލައިޒްކުރި ފުލުހުންގެ ތަހުލީލު ރިޕޯޓަށް ބަލާއިރު ވެސް، ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އަނިޔާލިބުނު މީހާ ކަން ކަށަވަރު ނުކުރެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ ދެ ދައުވާ ވެސް ސާބިތުނުވާ ކަމަށް ނިންމީ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައިވެ އެވެ.
ބްލެކްމެއިލްކޮށް ފައިސާ ހޯދުމުގެ ތުހުމަތުވާމީހާ ބަަންދަށް
ޒައިދުގެ ޝަރީއަތް ސިއްރުކޮށްފި
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
ސައިކަލުތަކުގައި ރޯކޮށްލި މީހާ ބަންދަށް
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު