23 ނޮވެމްބަރ 2024
ދަތުރުފަތުރަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ތިން މިލިއަން އިތުރަށް މިއަހަރު މިހާތަނަށް ހޭދަވެ، ދަތުރުފަތުރުގެ ޖުމްލަ ހަރަދު 231 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ދަތުރުފަތުރަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ތިން މިލިއަން އިތުރަށް މިއަހަރު މިހާތަނަށް ހޭދަވެ، ދަތުރުފަތުރުގެ ޖުމްލަ ހަރަދު 231 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، ބަޖެޓުގައި ދަތުރުފަތުރަށް ކަނޑައަޅާފައިވަނީ 228 މިލިއަން ރުފިޔާ އެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުގައި ވެސް ދަތުރުފަތުރުގެ ބަޖެޓު ކޯޑަށް އިތުރު އަދަދެއް ކަނޑައަޅާފައެއް ނުވެ އެވެ.
ބަޖެޓުގައިވާ ގޮތުން ބޭރު ދަތުރުތަކަށް ކަނޑައަޅާފައިވަނީ 69 މިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ވައިގެ ދަތުރުތަކަށް ކަނޑައަޅާފައިވަނީ 54 މިލިއަނެވެ. ކަނޑު ދަތުރުތަކަށް އޮތީ 45 މިލިއަން ރުފިޔާ އެވެ.
މި އަހަރު ދަތުރުފަތުރަށް ކޮށްފައިވާ ހޭދަ މިދިޔަ އަހަރުގެ އެ ހަރަދާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތް ޕަސެންޓު އިތުރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުފަތުރަށް ހޭދަކުރީ 216 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 40 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި ހިންގުމުގެ ހަރަދަށެވެ. އެ ކަންކަމަށް 28 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އެއީ ޖުމްލަ ހަރަދުގެ 70 ޕަސެންޓެވެ.
މިދިޔަ މަހު ސަރުކާރުން ބަޖެޓަށް އިތުރު ކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ އެކު ޖުމްލަ މިއަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް