20 ނޮވެމްބަރ 2024
މިދިޔަ އަހަރާއި މި އަހަރު ވެސް ރާއްޖެއަށް އެތެރެކުރި ވޭޕް ޝިޕްމެންޓުތަކެއް ހިފަހައްޓައި ބެލިއިރު އޭގައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ތަކެތި ހުރި ކަމަށާއި މި ފަހުން ވޭޕް ޝިޕްމަންޓެއް ޓެސްޓްކޮށް ނަތީޖާ އާއްމުކުރީ އެ އުސޫލުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރާއި މި އަހަރު ވެސް ރާއްޖެއަށް އެތެރެކުރި ވޭޕް ޝިޕްމެންޓުތަކެއް ހިފަހައްޓައި ބެލިއިރު އޭގައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ތަކެތި ހުރި ކަމަށާއި މި ފަހުން ވޭޕް ޝިޕްމަންޓެއް ޓެސްޓްކޮށް ނަތީޖާ އާއްމުކުރީ އެ އުސޫލުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަތުލައިގަތް ވޭޕް ޝިޕްމެންޓެއް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަން ހާމަކުރެއްވީ މިނިސްޓަރެވެ. އެކަމަކު އޭގެ ފަހުން އިތުރު ޓެސްޓުތަކެއް ހެދުމަށް ފަހު، އޭގައި މަސްތުވާތަކެތި ނުހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންވެ، އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ޕެކޭޖުތައް ރެޕިޑް ޓެސްޓުކޮށް ޕޮޒިޓިވް ވާ ނަމަ ހިފަހައްޓައި ތަހުގީގާ ހަވާލުކުރާ ކަމަށެވެ.
ފަހުން އެތެރެކުރި ވޭޕް ޝިޕްމެންޓު ރެޕިޑް ޓެސްޓުކުރި ކަމަށާއި އޭގެ ނަތީޖާ ކެނަބިސް އަށް ޕޮޒިޓިވްވި ކަމަށް އިހުސާން ވިދާޅުވި އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ޓެސްޓުގެ ނަތީޖާ ވެސް އާއްމުކުރައްވައިފަ އެވެ.
އިހުސާން ވިދާޅުވީ އާންމު އުސޫލުން އެ ތަކެތި ތަހުގީގަށް ފުލުހުންނާ ހަވާލުކުރެވި ލެބޯޓްރީގައި ވެސް ޓެސްޓު ހަދާ ކަމަށާއި އޭގެ ނަތީޖާ ލިބެން 2-7 ދުވަސް ނަގާ ކަމަށެވެ.
ފުލުހުންގެ ޓެސްޓާއި ރެޕިޑް ޓެސްޓާ ދިމާނުވެއްޖެ ނަމަ، އިތުރަށް އެކަން ކަށަވަރުކުރުމަށް ވެސް ޓެސްޓުތައް ހަދައި ކަމަށާއި އޭގެ ނަތީޖާ ޝައްކެއް ނެތް މިންވަރަށް ޔަގީންކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެ ޝިޕްމެންޓުގެ މައުލޫމާތު ހާމަކުރުމުން، އެއީ ކޮން ބަޔަކު ގެނައި އެއްޗެއްތޯ ހޯދުމަށް މީޑިއާތަކުން އެދުމުން ވެސް އެ މައުލޫމާތު އޭރު ހިއްސާ ނުކުރީ އެވަގުތު އެކަން ޔަގީން ނުވާތީ އެވެ.
"އެ ދުވަހު އަޅުގަނޑު މި ޝިޕްމެންޓް ހިފެހެއްޓި ވާހަކަ ހިއްސާކުރަން ނިންމީ 2024 ވަނަ އަހަރު މިފަދަ އެތައް ކޭސްތަކެއް 2023 ގައި ވެސް މިފަދަ ވޭޕް އޮއިލް ޝިޕްމެންޓުގައި ކެނަބިސް ހުރި ކަމަށް ޔަގީން ކުރެވިފައިވާތީ މުޖުތަމައުގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ،" ނަތީޖާ ދިމާނުވާ ކަމަށް ބުނެ ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވި އެވެ.
Airport gai Customs in intercept kurevey suspected package / item thah rapid test koh, positive vaanama hifehetti thahugeegah havaalukurevey. Migothun mi vape shipment ves test kurevunu adhi photogai mivany edhuvahuge rapid test natheeja (cannabis ah positive). Namaves aammu… https://t.co/AOjRhZRpIo pic.twitter.com/7ytuLZ8JzX
— Minister of Homeland Security & Technology (@min_mohst) November 19, 2024
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ޓެސްޓްތަކުން މަސްތުވާތަކެތި އެކުލެވިގެން ނުވާ ކަން ޔަގީންވުމާ އެކު އެ މައުލޫމާތު ހާމަކުރުމުން ވެސް އެނގެނީ އެ މަސައްކަތުގެ އިންސާފުވެރިިކަމާއި ހާމަކަން ބޮޑުކަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސް އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު 2018 ވަނަ އަހަރުން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124 މިލިއަން ރުފިޔާގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެ ކޮށްފައިވެ އެވެ. އަދި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 19.7 މިލިއަން ރުފިޔާގެ ތަކެތި އެތެރެކުރި އެވެ.
ޑްރަގްސް އަޅާފައިވާ ވޭޕް ފްލޭވާ އައި އޮއިލްތައް ސްކޫލް ދަރިވަރުންނަށް ވިއްކަމުންދާ މައްސަލަ ބޮޑުވެ ސަރުކާރުން ވަނީ މިމަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފަ އެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން ވޭޕް ބޭނުންކުރުން އެއްކޮށް މަނާވާނެ އެވެ.
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
މަސްތުވާތަކެތި ހިމެނޭ ވޭޕް ވިއްކާ މައްސަލަތައް ބަލަނީ
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
ޑްރަގް ވިއްކައި މަނީލޯންޑަކުރާ ބޮޑު ނެޓްވޯކެއް ހައްޔަރު
އެއް ބިލިއަންގެ ޑްރަގްގެ މައްސަލާގައި އެންމެން ބަންދަށް
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ޑްރަގް ކެފޭގެ 40 އަށް ވުރެ ގިނަ ތަން ބަންދުކޮށްފި
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި