26 ނޮވެމްބަރ 2024
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ބޯޓުގައި ތިބި ފަސް މީހުން 30 ދުވަހަށް ބަންދުކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ބޯޓުގައި ތިބި ފަސް މީހުން 30 ދުވަހަށް ބަންދުކޮށްފި އެވެ.
އެމްއެންޑީއެފުން އެ ބޯޓު ހިފެހެއްޓީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ހދ. މަކުނުދޫގެ ބޭރުންނެވެ.
ކޯސްޓްގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން އެ ބޯޓް ހދ. ކުޅުދުއްފުށި ބަނދަރަށް ގެންގޮސް، ބަލައި ފާސް ކުރުމުގެ ތެރެއިން ޖުމްލަ 468.6 ކިލޯގެ ޑްރަގް ފެނުނެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖެ ސަރަހައްދުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެކެވެ.
އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބިއިރު، އޭގެ ތެރޭގައި ތިބީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 37 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ ފަސް މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓްތަކުން އޭގެ ތެރެއިން 344 ކިލޯއަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް މެތު ކަމަށާއި އަދި 124.6 ކިލޯއަކީ ކޮކެއިން ކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ޑޯގް ސްކޮޑާ އެކު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަނީ
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން
މެލޭޝިއާ ދެމީހުން އުޅުނީ ޔޫކޭއަށް ޑްރަގް އެތެރެކުރަން
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޑްރަގު އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި
ސައިކަލު ޓޯކުރުމުން ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލައިފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި