Roadha Mihaaru
އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ މިހާރު ނިމެނީ: އެމެރިކާ

އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ އޮތީ ނިމޭ ހިސާބުގައި: އެމެރިކާ

20 ނޮވެމްބަރ 2024

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ނިމުން މިހާރު އޮތީ "އަތް ފޯރާ ފަށުގައި" ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު އަމޯސް ހޮޗްސްޓެއިން އަންގާރަ ދުވަހު ބެއިރޫތުގައި ވިދާޅުވެއްޖެ އެވެ.

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ނިމުން މިހާރު އޮތީ "އަތް ފޯރާ ފަށުގައި" ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު އަމޯސް ހޮޗްސްޓެއިން އަންގާރަ ދުވަހު ބެއިރޫތުގައި ވިދާޅުވެއްޖެ އެވެ.

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ދޭތެރެ ދޭތެރެއިން ހަމަލާ ދޭތާ އަހަރެއްހާ ދުވަސް ފަހުން ސެޕްޓެމްބަރު މަހު ހަނގުރާމައެއް ގޮތަށް ފުޅާވި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އެމެރިކާ އާއި ފްރާންސުން އިސްވެ ގެންދަނީ މަސައްކަތްކުރަމުންނެވެ.

އިޒްރޭލުން ވަނީ ފަލަސްތީނުގެ ޣައްޒާގައި ހަމަލާ ދިނުމުގެ ފޯކަސް ލުބުނާނަށް ބަދަލުކުރީ، ހަމަލާތަކާ ހެދި އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދު ދޫކޮށް ދާންޖެހުނު އިޒްރޭލުގެ އާންމުންނަށް އެނބުރި އާދެވޭނެ މާހައުލެއް ހޯދައިދޭން ކަމަށް ބުނެ އެވެ.

ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާގައި ހިޒްބުﷲ ގެ ފަރާތުން މަސައްކަތްކުރައްވާ އެ ޖަމާއަތާ ގުޅުން އޮންނަ، ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެރީއާ ބައްދަލުކުރެއްވުމަށް ފަހު ހޮޗްސްޓެއިން ނޫސްވެރިންނަށް ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް "ހަގީގީ ފުރުސަތެއް" މިހާރު ފެންނަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑު މިއައީ ބެއިރޫތުގައި އެ ނިންމުމަށް މަގުފަހިކޮށްދިނުމަށް. އެކަމަކު އެންމެ ފަހުގެ ނިންމުން ނިންމާނީ މިކަމުގައި ހިމެނޭ ޕާޓީތަކުން... އެކަން މިހާރު އޮތީ އަޅުގަނޑުމެންގެ އަތް ފޯރާ ފަށުގައި."

މި ބައްދަލުވުމަށް ފަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބޭރީ ވިދާޅުވީ "އުސޫލެއްގެ ގޮތުން ހާލަތު ރަނގަޅު" ކަމަށާއި އޭނާގެ ޓީމާއި އެމެރިކާގެ މަންދޫބުންނަށް އަދިވެސް ހަމަޖައްސަންޖެހޭ "ޓެކްނިކަލް ބައެއް ތަފްސީލުތައް" އެބަހުރި ކަމަށެވެ.

ހޮޗްސްޓެއިން ވަނީ ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީ އާއި އަސްކަރިއްޔާގެ ވެރިޔާ ޖޯސެފް އައުންއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ލުބުނާނުގެ ޑިޕްލޮމެޓަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ މަޝްވަރާތަކުގައި "ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށެވެ.

ލުބުނާނުގެ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވީ ހަމަލާތައް ހުއްޓާލުމުގެ ޕްލޭނާ މެދު ސަރުކާރުގެ ވިސްނުން ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ.

ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު ބުނީ ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އުތުރުގައި [އިޒްރޭލުގެ] ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަހަރެމެންނަށް މަޖުބޫރުވާނެ ހިޒްބުﷲ ގެ ހަމަލާތަކާ ދެކޮޅަށް ސިސްޓަމެޓިކްކޮށް އޮޕަރޭޝަންތައް ހިންގަން... ހަނގުރާމަ ހުއްޓާލުމަށް ފަހު ވެސް. އެއީ އެ ޖަމާއަތް އަލުން އެކުވެ ވަރުގަދަވިޔަ ނުދިނުމަށްޓަކައި،" ގާނޫނު ހަދާ މަޖިލީހުގައި އޭނާ ބުންޏެވެ.

ލުބުނާނުގައި އިޒްރޭލުން ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް 3،544 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ .އޭގެ ތެރޭގައި 200 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.