Roadha Mihaaru
ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ދިނީ މުހުލަތު

ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ބުނީ މާ ގިނަ ދުވަހު ނުހުންނާނެ ކަމަށް

29 އޮކްޓޯބަރ 2024

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުން އެ މަގާމަށް ނައީމް ގާސިމް ހަމަޖައްސައިފި އެވެ.

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުން އެ މަގާމަށް ނައީމް ގާސިމް ހަމަޖައްސައިފި އެވެ.

މިކަން އިއުލާނުކުރުމާ އެކު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އެކްސްގައި ލިޔެފައިވަނީ "ވަގުތީ މަގާމެއް، މާ ގިނަ ދުވަހެއް ނުވާނެ" ކަމަށް ބުނެ ގާސިމް ވެސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ގާސިމްގެ ފޮޓޯއަކާ އެކު ކުރި ޕޯސްޓަށް ފަހު ގަލަންޓް ވަނީ ހިބްރޫ ބަހުން ވެސް އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އޭގައި "ކައުންޓް ޑައުން ފެށިއްޖެ" ކަމަށެވެ.

ހިޒްބުﷲ ނައްތާލުމުގެ ނަމުގައި ލުބްބާނަށް ދެމުން ގެންދާ ހަމަލަތަކުގައި ކުރީގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުވުމުން ދެން ވެރިކަމަށް ވަޑައިގަންނަވާނީ ޝަފިއްޔުއްދީން ކަމަށް އަޑު އެރި އެވެ. އެކަމަކު އިޒްރޭލުން ހަމަލާދީ އޭނާ ވެސް ޝަހީދުކޮށްލީ އެވެ.

އަންގާރަ ދުވަހު އިޒްރޭލުގެ އަސްކަރިއްޔާގެ ނޮދަން ކޮމާންޑަށް ކުރި ޒިޔާރަތަށް ފަހު ގަލަންޓް ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުން ވެފައިވަނީ ހިޒްބުﷲގެ ރޮކެޓް ހަތިޔާރުތަކަށް ކަމަށް ބެލެވޭ ކަމަށެވެ.

އެކަމަކު މިދިޔަ ހަފްތާއެއް ތެރޭގައި ވެސް ހިޒްބުﷲ އިން އިޒްރޭލަށް 180-200 އާ ދެމެދުގެ އަދަދަކަށް ރޮކެޓުން ހަމަލާ ދީފައިވާ ކަމަށް އަސްކަރިއްޔާގެ މައުލޫމާތުން ދައްކަ އެވެ.