06 އޮކްޓޯބަރ 2024
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ބޭނުންކުރި ވޯކީޓޯކީ ތަކަކީ ބޭނުން ކޮންމެ އިރަކު ގޮއްވާލެވޭ ގޮތަށް އަދި ހުރިހާ މުއާސަލާތެއް އިޒްރޭލަށް އެނގޭ ގޮތަށް އުފައްދައި ހިޒްބުﷲ ޖަމާއަތުގެ ތެރެއަށް މީގެ ނުވަ އަހަރު ކުރިން ގެންގޮސް ބޭނުންކުރަމުން ދިޔަ އެއްޗެއް ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ބޭނުންކުރި ވޯކީޓޯކީ ތަކަކީ ބޭނުން ކޮންމެ އިރަކު ގޮއްވާލެވޭ ގޮތަށް އަދި ހުރިހާ މުއާސަލާތެއް އިޒްރޭލަށް އެނގޭ ގޮތަށް އުފައްދައި ހިޒްބުﷲ ޖަމާއަތުގެ ތެރެއަށް މީގެ ނުވަ އަހަރު ކުރިން ގެންގޮސް ބޭނުންކުރަމުން ދިޔަ އެއްޗެއް ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.
އިޒްރޭލާއި އަރަބި އަދި އެމެރިކާގެ އޮފިޝަލުންނާއި ޑިޕްލޮމެޓުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި ވޯކީޓޯކީތައް ގޮއްވާލުމުގެ އެއް ދުވަސް ކުރިން ގޮއްވާލި ޕޭޖަރުތަކަކީ ވެސް މޮސާޑުން އީޖާދުކޮށް އިޒްރޭލުގައި ހަދާފައިވާ އެއްޗެކެވެ.
ޕޭޖަރުތަކުގައި، ދެ އަތުން އެއްފަހަރާ ފިއްތާލަންޖެހޭ ދެ ބަޓަނެއް ހިމަނާފައިވާ ކަމަށާއި ޕޭޖަރުތައް ގޮއްވާގޮތް ހެދުމަށް އެ ދެ ބަޓަނަށް ފިއްތާލުމަށް ބުނާ ކޮމާންޑެއް ފޮނުވި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ. އެގޮތަށް ހަދާފައިވަނީ ދެ އަތް ބޭނުންކުރުމުން، އެ ގޮވާ ވަގުތު ލިބޭ ގެއްލުމުގައި ދެ އަތް ހަލާކުވެ ހަނގުރާމަ ނުކުރެވޭ ހާލަތަަށް މީހާ ގެންދަން ކަމަށް ވަނީ ބުނެފަ އެވެ.
ހިޒްބުﷲގެ ޕޭޖަރުތަކާއި ވޯކީޓޯކީތަކަކީ މޮސާޑުގެ ކޮންޓްރޯލްގެ ދަށުގައި ހުރި އެއްޗެހިކަން އިޒްރޭލުގެ ވެރިންނަށް މޮސާޑުން އެންގީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށާއި އެ ތަކެތި ހަތިޔާރަށް ބަދަލުކޮށް އޮޕަރޭޝަން ފެށުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުއްދަ ދިން ކަމަށް ރިޕޯޓްގައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި، އެ ހުއްދައާ އެކު ހިޒްބުﷲގެ އެތައް ހާސް މެންބަރުންނެއްގެ ޕޭޖަރުތަކަށް މެސެޖެއް ދިޔަ އެވެ. އޭގައި އޮތީ އެއީ އެންކްރިޕްޓްކޮށްފައިވާ މެސެޖެއް ކަމަށާއި އެ ކިޔަން ބޭނުން ނަމަ ދެ ބަޓަނަކަށް އެއްފަހަރާ ފިތާލުމަށެވެ. އެހެންވެ ގިނަ މީހުން ދެ ފިތަށް ދެ އަތުން ފިއްތާލުމާ އެކު ގޮވީ އެވެ.
ޕޭޖަރުތައް ހިޒްބުﷲ އަށް ވިއްކީ ޓައިވާން ކުންފުންޏެއްގައި މަސައްކަތްކުރާ އަންހެނަކު މެދުވެރިކޮށް ކަމަށާއި އެ މީހާއަށް ވެސް އެއީ އިޒްރޭލުގައި އުފައްދާފައިވާ އެއްޗެއް ކަމެއް އަދި މި ކުރެވެނީ ކީއް ކަމެއް ވެސް ނާންގާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން، ގޮއްވާލެވޭ ގޮތަށް ހަދާފައިވާ ވޯކީޓޯކީތައް ހިޒްބުﷲ އިން ބޭނުންކުރަން ފެށީ 2015 ވަނަ އަހަރު އެވެ. އެ ވޯކީޓޯކީތަކުން ކުރާ މުއާސަލާތީ ހުރިހާ ކަމެއް އިޒްރޭލަށް ވަގުތުން ލިބެމުން ދިޔަ ކަމަށްވެ އެވެ.
މި ޑިވައިސްތަކުގައި ހަރުކޮށްފައިވާ ގޮވާތަކެއްޗަކީ ޑިވައިސް ރޫޅާލައިގެން ވެސް އަދި އެކްސްރޭ މެޝިނުން ބެލިޔަސް ނުފެންނަ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށްވެ އެވެ.
"މިދިޔަ ނުވަ އަހަރު އިޒްރޭލުން ބޭނުންވީ ކުރިމަގުގައި ދިމާވެދާނެ ހާލަތެއްގައި ނޫނީ، ވޯކީޓޯކީތައް ބޮމުގެ ގޮތުގައި ބޭނުން ނުކޮށް ހިޒްބުﷲގެ ހުރިހާ ކަމަކަށް ޖާސޫސްކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އެހެން ތިއްބާ، މީހުން މާ ފަސޭހައިން ބޭނުންކުރާނެ އަދި ބާރުގަދަ ގޮވާތަކެތި ހިމަނައިގެން ހަދާފައިވާ ޕޭޖަރުތައް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަ އެވެ." ރިޕޯޓްގައިވެ އެވެ.
އިލެކްޓްރޯނިކް މޮނިޓަރިން އާއި މީހުން މެދުވެރިވެގެން ހިޒްބުﷲއަށް ޖާސޫސްކުރުމަކީ މޮސާޑުން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތެކެވެ. މޮސާޑަށް އެނގުނު ގޮތުގައި ހިޒްބުﷲގެ އެންމެ ބޮޑު އެއް އަމާޒަކީ އިޒްރޭލަށް ޓްރެކް ނުކުރެވޭ ގޮތަށް ސަވައިލަންސް ފްރީ ކޮމިއުނިކޭޝަން މެތަޑެއް އޮތުމެވެ. މޮސާޑުން މިކަން ދެނެގަނެ، ޓައިވާންގެ އެޕޯލޯ ޕޭޖަރުތައް ހިޒްބުﷲ އަށް ވިއްކާފައިވަނީ ސަވައިލެންސްގެ "ޒީރޯ ރިސްކް" އޮތް ޑިވައިސްއެއްގެ ގޮތުގަ އެވެ.
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ މިހާރު ނިމެނީ: އެމެރިކާ
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ދިނީ މުހުލަތު
ހިޒްބުﷲގެ ފައިސާ އާއި ރަނުގެ ބިންގަރާހެއް ގޮއްވާލައިފި
ނަތަންޔާހޫގެ ގެޔަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް
އީރާންގައި ވައިގެ ދަތުރުތަކުގައި ޕޭޖަރާއި ވޯކީޓޯކީ މަނާ
އިޒްރޭލަށް އީރާންގެ ކޮމާންޑަރުން އެހީވާ ކަމުގެ ތުހުމަތު
ނަސްރުﷲ އޮތީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި
ހިޒްބުﷲގެ ވެރިޔާއަށް ވެދާނެ ސަފިއްޔުއްދީން ގެއްލިއްޖެ