14 ނޮވެމްބަރ 2024
މޫސުމަށް އަންނަ ބަދަލުތަކާ އެކު ކުރިމަތިވާ ހާލަތްތަކުގައި އިގްތިސާދީ ދެމެހެއްޓެނިވިކަން އިތުރު ކުރުމަށް ސަރުކާރާއި ދަ ނޭޗާ ކޮންސާވެންސީ (ޓީއެންސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ އެކު ކުރިމަތިވާ ހާލަތްތަކުގައި އިގްތިސާދީ ދެމެހެއްޓެނިވިކަން އިތުރު ކުރުމަށް ސަރުކާރާއި ދަ ނޭޗާ ކޮންސާވެންސީ (ޓީއެންސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ ކޮޕް29 ސަމިޓުގަ އެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ޓީއެންސީގެ ފަރާތުން ސޮއިކުރެއްވީ ގްލޯބަލް ޑައިރެކްޓަ މެލިސާ ގާވީ އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ އެއްބަސްވުމާ އެކު ތިމާވެށީގެ މައްސަލަތަކާ ގުޅޭ ދާއިރާތަކަށް ބޭނުންވާ ފައިނޭންސިން ހޯދަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އޭގެ ތެރޭގައި ކާބަން ފައިނޭންސިން އާއި ކޮންޒަވޭޝަން ޓްރަސްޓް ފަންޑުތައް ހިމެނެ އެވެ. އޭނާ ވިދާޅުވީ، އެ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކޮށް އިގްތިސާދު ކުރިއަރުން ވެސް ފަހިވެގެންދާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ލިބޭ ފައިނޭންސިން ހޭދަކުރާނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި ރަށްރަށުގެ އިގްތިސާދު ކުރިއެރުވުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލު ކުރުމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި ފައިނޭންސިން ފުރުސަތާ އެކު މެދުރާސްތާގެ މެކްރޯ ފިސްކަލް ސްޓެބިލިޓީ އާއި ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރު ކުރެވޭނެ އެވެ.
ޓީއެންސީ އުފެއްދީ 1951 ވަނަ އަހަރު އެވެ. އެ ޖަމިއްޔާ އިން އަންނަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އަދި ގްރީން ފައިނޭންސިންގެ އެހީގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ދަރަނި ކުޑަ ކުރުމުގައި ވެސް ވަރަށް ބޮޑަށް އެހީވަމުންނެވެ.
ރާއްޖެއަކީ ވެސް ދަރަނި އިންތިހާއަށް ބޮޑުވެ، މާލީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ގައުމެކެވެ. އަންނަ އަހަރު 100 މިލިއަން ޑޮލަރު ދަރަންޏަށް އަދާކުރަން އޮތް އިރު އޭގެ އަނެއް އަަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް އެބަ އޮތެވެ. އަންނަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ރިޓަޔަމެންޓް އުސޫލަށް ގެންނަ ބަދަލު އުވާލައިފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ކޮޕް29: ރައީސް އަޒަރުބައިޖާނަށް ވަޑައިގަންނަވައިފި
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި