Roadha Mihaaru
އެޗްޑީސީގެ ޗެއާމަން ކަމަށް ނާސިފް އައްޔަންކޮށްފި

އެޗްޑީސީގެ ޗެއާމަން ކަމަށް ނާސިފް އައްޔަންކޮށްފި

06 ނޮވެމްބަރ 2024

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމަށް އަހުމަދު ނާސިފް (ޑީޑީ) އައްޔަން ކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމަށް އަހުމަދު ނާސިފް (ޑީޑީ) އައްޔަން ކޮށްފި އެވެ.

އެ މަގާމަށް ނާސިފް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ ކުންފުނީގެ ޗެއާމަން ކަމަށް އޭނާ އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

ނާސިފް ވަނީ 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ނާސިފް ކުރެއްވި އެވެ.