06 ނޮވެމްބަރ 2024
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް ދައުވާކޮށްފި އެވެ.
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެ މީހުންގެ މައްޗަށް އުފުލީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެ ކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ އެވެ.
ފުރަތަމަ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދެވަނަ ދައުވާގެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ދައުވާ ކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެކި ދުވަސްމަތިން ގޮސް، އެތަންތަން ކައިރީގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ޑިޕްލޮމެޓިކް މިޝަންތަކަށް އަދި ޑިޕްލޮމޭޓުންނަށް ދަތިވާ ގޮތަށް އަމަލު ކޮށްފައިވާތީ އެވެ.
އެގޮތުން އޮސްޓްރޭލިއަން ހައިކޮމިޝަން އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އެމްބަސީ ގާއިމް ކޮށްފައި ހުރި ހޮޓެލް ޖެން ކައިރީގައި ޝާދިޔާ އާއި ޝަޒުރާ ތިބެގެން އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި ދަތިކުރާތީ، އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން ނުދާނެ ކަމަށް ބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޝާދިޔާ އާއި ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދު ކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ.
އެ ދެ މީހުން ހައްޔަރުކޮށް އެކި ފަހަރު މަތިން ކްރިމިނަލް ކޯޓުން ބަންދު ޖެހި އެވެ. ނަމަވެސް، ފަހުން ކޯޓުން ޝަރުތުތަކެއްކޮށް ދޫކޮށްލިއިރު، ޝާދިޔާގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ހައި ކޯޓުން ނިންމީ އޭނާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން މައްސަލަ ބަލައެއްނުގަތެވެ.
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައިދޭން އެދެފި
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
ޔާމީންގެ މައްސަލައިން ތަނާޒުލްވާންޖެހޭނަމަ އެކަން ކުރާނެ
އެމްބަސީ ކައިރީގައި މުޒާހަރާކުރި މީހުން ބަންދަށް
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް