30 ސެޕްޓެމްބަރ 2024
ރާއްޖޭގައި ހުންނަ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރާ މައްސަލާގައި ސައުދީ އަރަބިއާގެ އެމްބަސީން ދިވެހި ސަރުކާރަށް ޝަކުވާ ހުށަހެޅި ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހުންނަ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރާ މައްސަލާގައި ސައުދީ އަރަބިއާގެ އެމްބަސީން ދިވެހި ސަރުކާރަށް ޝަކުވާ ހުށަހެޅި ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ.
ޝާދިޔާ ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަން އޭނާ ފަރާތުން ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ރާއްޖޭގައި ތިބޭ ބޭރުގެ ސަފީރުންނާއި އެމްބަސީތަކަށް ހިމާޔަތް ދިނުމަކީ ވިއެނާ ކޮންވެންޝަންގެ ދަށުން ރާއްޖޭގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެމްބަސީ ކައިރީގައި މުޒާހަރާ ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރަމުންދާތީ އެކަމުގެ ޝަކުވާ ރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީން ދެ ފަހަރެއްގެ މަތިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ޝާދިޔާ ހައްޔަރުކުރީ މުޒާހަރާ ކޮށްގެން ނޫން ކަމަށާއި އޭނާ ހައްޔަރުކުރީ އެމްބަސީ ކައިރީގައި މުޒާހަރާ ނުކުރަން ފުލުހުން އެންގުމުން އެތަނުން ދާން ދެކޮޅު ހެދުމުން ކަމަށެވެ. އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން، މާލެ ސަރަހައްދުގައި ހުއްދަ ނެތި އެއްވުމެއް ބޭއްވޭނީ ވަކި ސަރަހައްދެއްގައި އެކަނި ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެހެންވެ، ދައުލަތުން އެދުނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޝާދިޔާގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، އެ މައްސަލާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުން ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. ހަޑިހުތުރު ވާހަކަ ދެއްކި ކަމަށް ބަންދު މުއްދަތު މަޖިލީހުގައި ފުލުހުން ބުންޏަސް އެފަދަ އެއްވެސް ކަމަކާ ގުޅޭގޮތުން ތަހުގީގުގައި ފުލުހުން ސުވާލު ނުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ސަފީރުންނަށް ބިރު ހީވާކަމުގެ ޝަކުވާ އެއްވެސް ފަރާތުން ކުރި ކަން ފުލުހުން އޭރު ބުނެދީފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ނޫރު ވިދާޅުވީ އެ މައްސަލާގައި ޝާދިޔާގެ މައްޗަށް ދައުވާ ނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހެދިދާނެ ކަމަށް ފުލުހުން މިދިޔަ ހަފުތާގައި ޝާދިޔާ އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ބުނެ ހައްޔަރުކުރި މީހަކާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަންވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދި އެވެ. އެފަދަ އެއްބަސްވުމެއް ހަދަން ބޭނުން ނުވާ ކަމަށް ޝާދިޔާ ބުނެފައި ނުވާ ކަމަށް ނޫރު ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ އެކަމުން ވެސް އެނގެނީ ޝާދިޔާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތި ކަން ކަމަށެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރާއިރު، ބަލަން ޖެހޭނީ ހާރިޖީ ގުޅުންތަކަށް ނޫން ކަމަށާއި ބަލަން ޖެހޭނީ އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ނުވަަތަ ނޫންތޯ ކަމަށް ވެސް ވަކީލް ނޫރު ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް، ވަކީލް އެދިވަޑައިގަތީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ޝާދިޔާ އާއި ޝަޒްރާގެ މައްޗަށް ދައުވާކޮށްފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
ޔާމީންގެ މައްސަލައިން ތަނާޒުލްވާންޖެހޭނަމަ އެކަން ކުރާނެ
ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލުމުން ޕީޖީން ހައި ކޯޓަށް