Roadha Mihaaru
ފިހާރަ ފަޅާލައި، މުދާތައް ގެންދިޔަ މީހާ ހައްޔަރުކޮށްފި

ފިހާރަ ފަޅާލައި، މުދާތައް ގެންދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

04 ނޮވެމްބަރ 2024

މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސްގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އެތައް ބައެއްގެ ކުރިމަތީގައި މުދާތަައް ގެންދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސްގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އެތައް ބައެއްގެ ކުރިމަތީގައި މުދާތަައް ގެންދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރިޔަސް، ފިހާރައިން ނެގި މުދާތައް ހޯދުނު ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ސީންގައި އަދިވެސް ފުލުހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.

ފިހާރައިގެ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެ ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލަނީ ފިހާރަ ކައިރިން ހިނގާފައި ދިޔަ މީހެކެވެ. ބޮލުގައި ތޮއްޕެއް އަޅައިގެން އަދި ރޮނގު ދެމި ޓީޝާޓެއް ލައިގެން ހުރި އެ މީހާ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ދަނީ އެތަނަށް ނުވަދެ އެވެ.

އެކަމަކު ފަހުން އެތަނަށް އެހެން މީހަކު ވަދެ ފިހާރައިގެ ކަބަޑުތައް ހާވައި ބެލުމަށްފަހު ނުކުމެގެން ދަނީ އަގުބޮޑު ފޯނު ފަދަ ތަކެތި ހުރި އެ ފިހާރައިން ގިނަ އަދަދެއްގެ ސާމާނު ނަގައިގެން، ހައެއްކަ ކޮތަޅަށް އަޅައިގެންނެވެ. ސީސީޓީވީ ފުޓޭޖުގެ ގަޑިން ދައްކާ ގޮތުގައި އޭރު ގަޑިން 5:40 ވެއްޖެ އެވެ.

އެ މީހާ އެތަނުން ނިކުމެގެން ދިޔަ ވަގުތަކީ ގިނަ ބަޔަކު މަގުމަތީގައި އުޅޭ ވަގުތެކެވެ. އެކަމަކު އެއިން މީހަކު އޭނާ ނުހުއްޓުވިޔަސް، ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރި އެވެ.