04 ނޮވެމްބަރ 2024
ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސިފަ ކުރައްވައިފި އެވެ.
ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސިފަ ކުރައްވައިފި އެވެ.
ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބޭއްވި، މައިލޯ 14 އަހަރުން ދަށުގެ އެކަޑަމީ މުބާރާތުގެ ފައިނަލް މެޗް އިއްޔެ ހަވީރު ޝަރަފުވެރިކޮށް ދެއްވައި، ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގައި ކުޑަކުދިންނާއި ހަގު ކުޅުންތެރިންގެ ކުރިއެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ދަނިކޮށް ވެސް، އެ މެޗް ބައްލަވާލައްވަން އެމަނިކުފާނު ވަޑައިގެންނެވީ އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުން ބޮޑު ސަމާލުކަމެއް ދޭތީ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"(ނަސްރުގެ ދުވަސް) ސަރުކާރުން ރަސްމީކޮށް ފާހަގަ ކުރަމުންދާ ދިއުމުގައި، ރަސްމީ ހަރަކާތްތަކެއް ކުރިއަށް ދަނިކޮށް އަޅުގަނޑު މިތަނަށް އަންނަން މި ޖެހުނީ ރައީސުލްޖުމްހޫރިއްޔާ [ޑރ. މުއިއްޒު] ރާއްޖޭގެ ގައުމީ ކަންކަމުގައި ހާއްސަކޮށް ކުޑަކުދިންގެ ކުރިމަގަށްޓަކައި ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާތީ،" ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތަށް ވިސްނާލާއިރު ވެސް މިއަދު އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ނެރެންޖެހޭ ކަމަކަށް ވާތީ އެކަން ކުރަން އަޅުގަނޑުމެން ގަސްދު ކޮށްގެން މިތިބީ."
މައިލޯ އެކަޑަމީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ނައިބު ރައީސް އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފިސް
ކުޑަކުދިންގެ ފުޓްބޯޅަ ކުރިއެރުވުމަށް ބެލެނިވެރިން ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ހަގު އުމުރުފުރާތަކުގައި ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ފެންނަމުންދާ ކަމަށެވެ.
އެއީ އެ ކުދިންގެ ބެލެނިވެރިންނާއި މައިންބަފައިން ރެޔާއި ދުވާލު ކުރަމުންދާ ހޭދައިގެ ފޮނި ނަތީޖާތައް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ތި ހޭދައިގެ ފޮނިކަން މުޅި ދައުލަތުން ބޭނުންވޭ. އޭގެ ފޮނި މަންފާ އެ ރައްޔިތަކަށް ނުވަތަ އެ ބެލެނިވެރިޔަކަށް ނުވަތަ އެ މަންމަޔަކަށް ލިބޭނެ ދުވަހެއް ހޯދައި ދޭން، އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެކަޑަމީގެ ޓީމެވެ. އެޑްވެންޗާ ފުޓްބޯޅަ އެކަޑަމީއާ ވާދަކޮށް އެ ޓީމުން މެޗު ކާމިޔާބު ކުރީ 7-0 ންނެވެ.
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ލިބޭނެ
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް
14 އަހަރުންދަށުގެ އެކަޑަމީ ޗެމްޕިއަންކަން ސަސް އަށް
ކޭޕާކާއެކު ހެދި އެއްބަސްވުންތަކުން އެފްއޭއެމަށް ގެއްލުން
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ