03 ނޮވެމްބަރ 2024
މޮރިޝަސްގެ އާންމު އިންތިހާބު ނިމެންދެން ސޯޝަލް މީޑިއާ މަނާކޮށްފައި ބޭއްވުމަށް ނިންމި ނިންމުން 24 ގަޑިއިރުތެރޭ އިއްޔެ އުވާލައިފި އެވެ.
މޮރިޝަސްގެ އާންމު އިންތިހާބު ނިމެންދެން ސޯޝަލް މީޑިއާ މަނާކޮށްފައި ބޭއްވުމަށް ނިންމި ނިންމުން 24 ގަޑިއިރުތެރޭ އިއްޔެ އުވާލައިފި އެވެ.
ސިއްރުން ފޯނު އަޑުއެހި މައްސަލައެއް ބޮޑުވެ އިންތިހާބުގެ ބޮޑު މައުޟޫއަކަށް އެ ވާހަކަ ވެފައި ވަނިކޮށް ސަރުކާރުން މި މަހުގެ 11 އާ ހަމައަށް ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތެއްހެން މަނާކުރަން ނިންމި އެވެ. އެ ނިންމުމާ އެކު ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އެކްސް ވެސް ބޭނުމެއް ނުކުރެވެ އެވެ.
އިންތިހާބު ނިމޭތާ އެއް ދުވަސް ފަހުން، މި މަހުގެ 11 އާ ހަމައަށް މި ވަސީލަތްތައް މަނާކުރި ނަމަވެސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އޮތޯރިޓީން ބުނީ ކަމާ ގުޅުން ހުރި އިދާރާތަކުން އަލުން މަޝްވަރާކުރުމަށް ފަހު ނިންމުން ބަދަލުކުރީ ކަމަށެވެ.
ސޯޝަލް މީޑިއާ މަނާކުރީ ސިޔާސީ ބޭފުޅުންނާއި ނޫސްވެރިންނާއި ސިވިލް ސޮސައިޓީގެ އިސް މީހުންގެ އިތުރުން ބޭރުގެ ބައެއް ޑިޕްލޮމެޓުންގެ ފޯން ކޯލްތައް ވެސް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުގަ އެވެ. ބޮޑުވަޒީރުކަން ދިފާއުކުރެއްވުމަށް ވާދަކުރައްވާ ޕްރަވިންދު ކުމާރު ޖަގްނައުތުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މި ލީކުތަކުގެ ސަބަބުން ގައުމާ ސަލާމަތަށް ނުރައްކާވެ އަދި ގައުމާއި ބައިނަލްއަގުވާމީ ބައިވެރިންގެ މަސްލަހަތަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނުގައި ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ބޭނުންކުރަމުން އަންނަ އިރު، އެ މަނާކުރުމާ އެކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ސިއްރު ރެކޯޑިންތައް ލީކުރަމުން ދިޔަ އެކައުންޓް ބްލޮކްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރި އެވެ. އެކަމަކު އެއާ އެކު ދެން ފެންނަން ފެށީ އެހެން އެކައުންޓްތަކުން ވެސް ލީކުތައް އާންމުކުރަން ފެށި ތަނެވެ.
ލީކުވެފައިވާ އޯޑިއޯތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ފުލުހުންގެ ބަންދުގައި ހުއްޓާ އަނިޔާގެ ސަބަބުން މަރުވި މީހެއްގެ ލިޔުންތައް ބަދަލުކުރުމަށް ޕޮލިސް ކޮމިޝަނަރު ފޮރެންސިކް ޑޮކްޓަރަކަށް އަންގައި އެ ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯއަށެވެ. އެ އޯޑިއޯއާ ގުޅިގެން މިހާރު ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ.
އިނގިރޭސި ވިލާތުގެ ހައިކޮމިޝަނަރު ޗާލޮޓް ޕިއެރޭގެ ޕްރައިވެޓް ކޯލްތަކެއް ވެސް ވަނީ ލީކުވެފަ އެވެ.
ކޯޓުން ނާކާމިޔާބުވެ އެމެރިކާގައި ޓިކްޓޮކް މަނާވެދާނެ
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
މޮރިޝަސްގެ އިދިކޮޅު ލީޑަރަށް ބޮޑު ކާމިޔާބީއެއް
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
މޮރިޝަސްއަށް ޗާގޯސް ދިނުމުން ރައީސްގެ ސިޓީއެއް ޔޫކޭއަށް
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
ތޮއްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި