31 އޮކްޓޯބަރ 2024
ހައްޖާއި އުމްރާއާ ގުޅޭ ގޮތުން މިއަދު ކުރިއަށް ގެންދާ ކޮންފަރެންސްގައި މަޝްވަރާކޮށް ނިންމާ ނިންމުންތަކުގެ އަލީގައި، ހައްޖުގެ އަގު ތިރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހަގީގަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ހައްޖާއި އުމްރާއާ ގުޅޭ ގޮތުން މިއަދު ކުރިއަށް ގެންދާ ކޮންފަރެންސްގައި މަޝްވަރާކޮށް ނިންމާ ނިންމުންތަކުގެ އަލީގައި، ހައްޖުގެ އަގު ތިރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހަގީގަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ހައްޖާއި އުމްރާ ކޮންފަރެންސް 2024 ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ އެ ކޮންފަރެންސްގެ މަޝްވަރާތަކަށް ފަހު ހައްޖާއި އުމްރާގެ ހިދުމަތް ފުޅާވެ މުޅި ނިޒާމް ފުރިހަމަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ހައްޖުވެރިންގެ ފައިސާއަށް ރައްކާތެރިވެ، ހައްޖު ފަންޑު ތަރައްގީކޮށް ދިރުވަން އާ ވިސްނުންތަކެއް ވެސް އެ މަޝްވަރާ އިން ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ހައްޖާއި އުމްރާގެ ހިދުމަތް ދޭއިރު އިސްކަން ދޭންވީ ވިޔަފާރިއަށް ވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމަ އާއި ހެޔޮ ސަވާބަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައްޖާއި އުމްރާ ކޮންފަރެންސެއް ބޭއްވުމަކީ މިކަމަށް މިއަދުގެ ސަރުކާރުން ހަރުދަނާކުރަން ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ހައްޖާއި އުމްރާ ކޮންފަރެންސްގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ .-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހައްޖުވެރިންނާއި އުމްރާވެރިންނަށް ހިދުމަތް ދިނުމަށް ހޭދަކުރާ ވަގުތަކީ ގެއްލިގެންދާނެ ވަގުތެއް ނޫން ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި ހިދުމަތް ދޭ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
"މި ހިދުމަތްދޭ [ހައްޖާއި އުމްރާއަށް ގެންދާ] ކުންފުނިތަކުން ހިދުމަތް ދެއްވަން ވާނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމަޔާއި ހެޔޮ ސަވާބަށް އިސްކަން ދީގެން،" ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަމުގެ މުހިންމުކަމާ ގުޅިފައިވާ އިންތިޒާމްތައް ހަމަޖައްސުމުގައި ލުއިފަސޭހަކޮށް އަޅުކަން އަދާކުރެވޭނެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ކަމަށެވެ.
ހައްޖާއި އުމްރާ ކޮންފަރެންސް ރާވާފައި ވަނީ އެ ދެ އަޅުކަމާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. ޕެނަލް ޑިސްކަޝަންތަކުގައި ހައްޖާއި އުމްރާއާ ގުޅުން ހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހުއްދަ ނުނަގާ އުމްރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ
އާ އިންތިޒާމުތަކާއެކު އުމްރާ ދަތުރުތަކުގެ އަގުބޮޑުވެއްޖެ
އިއްޔެ އުމްރާއަށް ފުރި މީހުން މައްްކާއަށް ހިނގައްޖެ
މިއަދު އުމްރާ އަށް ފުރާ މީހުންނަށް ހުރަހެއް ނެތް
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހަ ޖަމާއަތަކަށް
އުމްރާގެ ވިސާ ފީ ސައުދީން ބޮޑެއް ނުކުރޭ: މިނިސްޓްރީ
އުމްރާ އަށް ނަގަމުން އައި ފީތަކެއް ބޮޑުކޮށްފި
ހައްޖަށް މީހުން ގެންދަން ޕްރޮޕޯޒަލަށް ހުޅުވާލައިފި