ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު މުޖުތަބާ (މުޖޭ) އާއި މަގާމުން ދުރުކޮށްފައި ހުރި ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އަންވަރުގެ މައްސަލަ އެސީސީ އަށް ހުށަހަޅައިފި އެވެ.
24 އޮކްޓޯބަރ 2024
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހްމަދު މުޖުތަބާ (މުޖޭ) އާއި މަގާމުން ދުރުކޮށްފައި ހުރި ޖެނަރަލް ސެކްރެޓަރީ އަބްދުﷲ އަންވަރުގެ މައްސަލަ އެސީސީ އަށް ހުށަހަޅައިފި އެވެ.
ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ޖެނަރަލް ސެކްރެޓަރީގެ މަގާމުން އަނަވަރު ދުރުކުރީ މި މަހު އެވެ. އޭނާގެ މައްސަލަ އެ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުންދާކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ އޮފިޝަލަކު ބުންޏެވެ.
ހޭންޑްބޯޅައިގައި ހަރަކާތްތެރިވާ މީހަކު އަމިއްލަ ގޮތުން އޭސީސީއަށް ހުށަހެޅި މައްސަލައިގެ ތަފުސީލު އޭނާ ވަނީ "މިހާރު" އާ ހިއްސާކޮށްފަ އެވެ.
Faisaa ah hiyaanaaiyy therivi kamuge thumathu gai Handboalha ige GS Anwaru magaamun vaki kohfi
The most trusted news source in the Maldives
Mihaaru
ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ހޭންޑްބޯޅައިގެ ޖީއެސް އަންވަރު މަގާމުން ވަކިކޮށްފި
އޭސީސީއަށް އޭނާ ހުށަހެޅި މައްސަލައިގައި އަންވަރުގެ މައްޗަށް ކޮށްފައިވަނީ މުސާރައިގެ އިތުރުން 500،000 އާ ގާތް ކުރާ އަދަދަކަށް އެސޯސިއޭޝަންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތެވެ. އަދި އޭނާ އެކަން ކޮށްފައި ވަނީ އެސޯސިއޭޝަންގެ އެހެން ވެރިޔެއްގެ ސޮއި ފޯޖުކޮށްގެން ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށް އެސީސީ އަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އޭނާ އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، "މިހާރު" އިން އޭނާ އަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.
މުޖޭގެ މައްޗަށް ތުހުމަތު ކުރަނީ، އެ އެސޯސިއޭޝަންގެ ރައީސަށް ދޭ އިނާޔަތް އެޑްވާންސްކޮށް ނެގި މައްސަލަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން "މިހާރު" އިން މުޖޭ އަށް ގުޅުމުން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ "ދޮގެއް" ކަމަށެވެ.
އެކަމަކު އޭސީސީއަށް ހުށަހެޅި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އޭނާ އަށް ކޮންމެ މަހަކު ދޭ 4،500.ރ ގެ އިނާޔަތް އެއްފަހަރާ 11 މަހަށްވާ އަދަދު އެޑްވާންސްކޮށް ނަގާފައިވާ ކަމަށެވެ. އެއް ފަހަރާ 49،500.ރ ނެގި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ހޭންޑްބޯޅައާ ގުޅޭ ފައިސާގެ މައްސަލަތަކެއް މި ހަފުތާގައި ފެންމަތިވި އިރު، ސަރުކާރުން މިދިޔަ ހަފުތާގައި ބޭއްވި ސްޕޯޓްސް އެވޯޑްގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ހޭންޑްބޯލް މޯލްޑިވްސްއަށް ވަނީ ދީފަ އެވެ.
ރާއްޖޭން ލަންކާ އާއި ދެކުނު އެފްރިކާގެ މައްޗަށް މޮޅު
ހޭންޑްބޯޅަ ގައުމީ ޓީމުން ޔަޝްމު "ވަކިކޮށްފި"
މާރުކޭޓު އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް
އެފްއައިޔޫގެ އާ ވެރިޔާ ސާޖިދުއާ އޭސީސީން ބައްދަލުކޮށްފި
75 ޕޮއިންޓަށް 315 ފްލެޓް ދިން މައްސަލަ އޭސީސީއަށް
ޕޮލްކޯގެ މައްސަލައިގެ ހިލުންގަނޑާއެކު، ވަކި ސެކްޝަނެއް
ޝުޖާއުއާ ގުޅޭ ރިޕޯޓުގެ މައްސަލަ ބަލާތާ ދުވަސްތަކެއް!
މަޝްވަރާކުރީ ގެއްލުނު ފައިސާ ހޯދާނެ އޮފީހެއް ހަދަން
އޭސީސީއާ އެކު ބޭއްވި ބައްދަލުވުން ސިއްރު
ގޭހުގެ އެޑްވާންސް 3.7 މިލިއަން އަދިވެސް ނުހޯދޭ!