14 އޮކްޓޯބަރ 2024
އިމާރާތެއްގެ މަތިން ވެއްޓި މަރުވި ޒުވާނާއާ ގުޅޭ ބައެއް ޒާތީ ވާހަކަތައް ގެނެސްދީފައިވާ ގޮތުން ފުލުހުން މިރޭ މާފަށް އެދިއްޖެ އެވެ.
އިމާރާތެއްގެ މަތިން ވެއްޓި މަރުވި ޒުވާނާއާ ގުޅޭ ބައެއް ޒާތީ ވާހަކަތައް ގެނެސްދީފައިވާ ގޮތުން ފުލުހުން މިރޭ މާފަށް އެދިއްޖެ އެވެ.
އެ އިދާރާއިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ މާފަންނު ގެއެއްގެ 10 ވަނަ ފްލޯއިން 25 އަހަރުގެ ޒުވާން އަންހެނަކު ވެއްޓި މަރުވި ހާދިސާގައި، އޭނާ މަރުވުމަށް ފަހު ހެދި ޓެސްޓްތަަކަށް ބާރުދީ، އޭނާގެ ޒާތީ ވާހަކަތަކެއް އާއްމުކޮށްފަ އެވެ. އެއާއެކު، ފުލުހުންނަށް އާއްމުންގެ ފާޑުކިޔުން އަމާޒުވި އެވެ.
އެކަމާ ގުޅިގެން، ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަފްސީލުތައް ދިނީ މީޑިއާއަކުން އެކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި ތަހުގީގު ގެންގޮސްފައިވާ ގޮތާއި މަރުވި ޒުވާނާގެ އާއިލާގެ ބައެއް މީހުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށެވެ.
އެ މައުލޫމާތުތައް އާއްމުކޮށްފައި ވަނީ މަރުވި ޒުވާނާގެ މައިންބަފައިން ހިމެނޭގޮތުން އެ އާއިލާއަށް އެކަން އެނގިގެން ކަމަށް ވިއަސް، މީޑިއާ ބްރީފިން ބައެއް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދީފައިވާކަން ގަބޫލުކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.
"އެ މީޑިއާ ބްރީފިން ކުރިއަށް ގެންދިއުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން މި ހިދުމަތުގެ ފަރާތުން ގަބޫލުކޮށް، އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދެމެވެ." ފުލުހުން ބުންޏެވެ.
މީގެ ކުރިން، މިފަދަ މައްސަލަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތަކާއި އަމިއްލަ އަށް މަރުވި ކަމަށް ބެލެވޭ މައްސަލަތަކުގެ ތަފުސީލުތައް ފުލުހުން ހާމައެއް ނުކުރެ އެވެ. ޕަބްލިކް އިންޓްރެސްޓް ހުއްޓަސް ފުލުހުން މީގެ ކުރިން އަމަލު ކޮށްފައިވަނީ އެގޮތަށެވެ.
ޗެނަލް 13 އިން ގެނައި ޕްރޮގްރާމުގައި ވަނީ އޭނާ ފަރުވާ ހޯދަމުން ދިޔަ ބަލީގެ ތަފްސީލުތަކާ އެކު، ޒާތީ ގިނަ މައުލޫމާތުތަކެއް އާއްމުކޮށްފަ އެވެ. އޭގައި، އަންހެން ކުއްޖާގެ ދޮން ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
ނަމަވެސް، ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ޒާތީ މައުލޫމާތު އާއްމުކުރުމުން ފުލުހުންނަށް ފާޑުކިޔުން!
ޒުވާނާ ވެއްޓުނު މައްސަލާގައި ޝައްކުތަކެއް ނެތް: ޕޮލިސް
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
މޭރީގެ ހަށިގަނޑާއެކު ފިރިމީހާ ތެމިފޯވެގެން ހޮސްޕިޓަލަށް
ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
ބަންދުގައި ހުއްޓާ މަރުވީ ޑްރަގްގެ މައްސަލައެއްގެ މީހެއް
ބަންދުގައި ހުރި މީހަކު އަމިއްލަ އަށް މަރުވެއްޖެ