ހދ. ކުޅުދުއްފުށި ކަސްޓޯޑިއަލް ޖަލުގެ ބަންދުގައި ހުއްޓާ ދަންޖެހުނު މީހާއަށް ފަރުވާ ދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
10 އެޕްރީލް 2025
ހދ. ކުޅުދުއްފުށި ކަސްޓޯޑިއަލް ޖަލުގެ ބަންދުގައި ހުއްޓާ ދަންޖެހުނު މީހާއަށް ފަރުވާ ދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ވެސް ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެފަ އެވެ.
އެ ހޮސްޕިޓަލުން ބުނީ ދަންޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ގެންދިޔަ 34 އަހަރުގެ ފިރިހެން މީހާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މެންދުރު ފަހު 3:30 ހާއިރު ކަމަށެވެ.
ފަރުވާ ދޭން ގެންދިޔައިރު ވެސް ވަރަށް ހާލު ދެރަކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން އޭރު ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އެ މީހާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުރެ ގެއެއްގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކަމަށެވެ.
އޭނާ ދަންޖެހުމުން ފިޔަވަޅުތައް އަޅައި އެކަމުގެ ތަހުގީގަށް އެޗްއާރުސީއެމް އާއި އެންއައިސީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމުގެ ތަހުގީގަށް މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ދިޔަ އެވެ.
އެ ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ކުޅުދުއްފުށީ ޕޮލިހުގެ ބަންދުގައި ހުއްޓާ، ޑިސެމްބަރު 19، 2022 ގައި މަރުވީ ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި 32 އަހަރުގެ މީހެކެވެ. އޭނާ ވެސް މަރުވީ ދަންޖެހުމުން ހާލު ދެރަވުމުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހަކު ވެސް ދަންޖެހި މަރުވެފައި ވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެނިފައިވެ އެވެ.
ކުޅުދުއްފުށީ ޕޮލިސް ބަންދުގައި ދަންޖެހުމުގެ 3 މައްސަލަ
ކުޅުދުއްފުށިން ގެއްލުނު ކުއްޖާ ފެނުނީ ހޮސްޕިޓަލުން
ކުޅުދުއްފުށީގައި ރަހީނުކުރި މީހަކު ނާޒުކު ހާލަތެއްގައި!
ކުޅުދުއްފުށީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
މިޔަރެއްގެ ހަމަލާގައި ކޮނޑުހުޅު ނެއްޓި ބޮޑު ޒަހަމެއް
ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދައިފި
ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި އޮޕަރޭޝަނެއް
ކުއްޖަކު ދުއްވި ޕިކަޕެއް ގޮސް އެރީ އެއާޕޯޓް ފެންސަށް
މުހައްމަދު މަރުވީ ގެނބިގެން، މީހަކަށް ތުހުމަތެއް ނެތް
ފޯނު ވަގު އަލަމާރި ތެރޭ ފިލާ އޮއްވައި ހައްޔަރުކޮށްފި