މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރު ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެފި އެވެ.
01 ސެޕްޓެމްބަރ 2024
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރު ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެފި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ އަތުހަރު މަރުވާން މަސައްކަތް ކުރި ކަމަށެވެ.
އެކަމަކު އޭނާ މަރު ނުވާ ކަމަށާއި މަރުވާން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އައިޖީއެމްއެޗް އިން މައުލޫމާތު ލިބޭ ގޮތުގައި، އަތުހަރު އަށް ދަނީ އެމެޖެންސީގައި ފަރުވާ ދެމުންނެވެ.
އެނގިފައިވާ ގޮތުގައި އަތުހަރު މަރުވާން މަސައްކަތްކޮށްފައިވަނީ އަމިއްލައަށް ދަންޖެހިގެންނެވެ.
ށ. މިލަންދޫ، ހެޕީސައިޑް އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުން، އޭނާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން ނެރެ، ސައިކަލަށް އަރައިގެން ފިލަން މަސައްކަތްކުރި އެވެ. އެކަމަކު އޭނާ ސައިކަލު މަޑުކޮށްލި ދަނޑިވަޅުގައި ފުލުހަކު ވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި އަންހެން މީހާ ސަލާމަތްކޮށްފަ އެެވެ. އެ ހާދިސާގައި އަންހެން މީހާއަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.
އަތުހަރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
ޒުވާބު ހޫނުވެ ރަހީނުކުރީ ގޭގެ ކުލީގެ މައްސަލައެއްގައި
އަންހެނަކު ރަހީނުކުރީ އަދަބު ލުއިކޮށް ދޫކޮށްލި މީހެއް
ކުރީގެ ލޯބިވެރިޔާ ތުންފަތް ފަޅާލި މީހަކު ހައްޔަރުކޮށްފި
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!