09 އޮކްޓޯބަރ 2024
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ ގޮތުން ގެންނަން ޖެހޭ އިސްލާހީ ފިޔަވަޅުތައް ގެނެސް، އިންވެސްޓަރުންނަށް އާ ފުރުސަތުތައް ފަހިކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ ގޮތުން ގެންނަން ޖެހޭ އިސްލާހީ ފިޔަވަޅުތައް ގެނެސް، އިންވެސްޓަރުންނަށް އާ ފުރުސަތުތައް ފަހިކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ހަރަދުތައް ކުޑަކޮށް، ޒިންމާދާރުވުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސަބްސިޑީ ޓާގެޓު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، އާސަންދަ ސްކީމުގެ ތެރެއިން ބޭކާރުވާ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި އުސޫލެއްގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކަނޑައެޅުމާއި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސީދާކޮށް ސަބްސިޑީ ދިނުމާއި އާސަންދަ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރުމާއި އެސްއޯއީތައް ރިފޯމު ކުރުމަށް ވަނީ ނިންމާފައި،" އޭނާާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަންކަމުގެ އިތުރުން އިގްތިސާދު އާ ދާއިރާތަކަށް ޑައިވާސިފައި ކުރުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނަށް އާ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެކަން ހާސިލު ކުރުމަށް ގާނޫނީ ގޮތުން އިތުުރު ބަދަލުތައް ގެނެސް، ފަހި މާހައުލެއް ހޯދައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރު ފުޅާ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި އެކަން ހާސިލު ކުރުމަށްޓަކައި ޓެކްނޮލޮޖީ އާއި އީޖާދީ ދާއިރާތަކުން އިތުރު ފުރުސަތުތައް ފަހި ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަންކަން ހާސިލުކޮށް އަންނަ އަހަރުން 2028 ވަނަ އަހަރަށް ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު 5.8 ޕަސެންޓުގައި ބެހެއްޓުމަށް މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ހާސިލު ކުރާނީ ރާއްޖޭގެ ގިނަ ދާއިރާތަކެއް ފުޅާ ކޮށްގެން ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި މަހުގެ އާ ޕްރޮޑަކްޓްތައް އުފެއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދީ، އާ ކަންކަން އެ ދާއިރާއަށް ތައާރަފްކޮށް، ޓޫރިޒަމް ދާއިރާ ވެސް މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް އެއާޕޯޓުގެ ކެޕޭސިޓީ އިތުރު ކުރުމުން، ޓޫރިޒަމް ދާއިރާ އިން އާ އިންވެސްޓްމެންޓް ފުރުސަތުތައް ވެސް ފުޅާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަބްސިޑީ ރިފޯމް ކުރާނީ އަންނަ އަހަރު
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
ހަރަދުތައް ކުޑަކުރުން އަވަސްކުރަންޖެހޭ: ވޯލްޑް ބޭންކް
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
ރަސްމީ ދަތުރަށް ފަހު ޖައިޝަންކަރު ފުރާވަޑައިގެންފި
އިންޑިއާ އިން އެހީވި 28މަޝްރޫއު ނިންމައި ހަވާލުކޮށްފި
އިންޑިއާއާ އެކު އެފްޓީއޭއެއް ހެދުމުގެ މަޝްވަރާތައް
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން